ހާދަ ހަނދާން އާވޭ އޯގާތެރި މަގެ މަންމާ
އާވެ ހިތަށް މޮޅިވެރިކަން ލިބިފަވެޔޭ މަންމާ
މަގޭ މަންމާ ލޯބިވާ މަންމާ
ޅައިރުއްސުރެ ދެގޮތެއްނުވެ އިޙުސާންތެރިކަން ވެޔޭ
ވަކި ދަރިއެއް ވަކި ކުރުމެއްނެތި އޯގާތެރި ވެޔޭ
ﷲގެ ހެޔޮ ރަޙްމަތަށް އެދި ކުރަމެ ދުއާ
ﷲގެ ހެޔޮ ރަޙްމަތަށް އެދި ކުރަމެ ދުއާ
މޮޑެފަ އަތުންކާންދީފަ ހުސްވައެކެމީ ބުނެ ހަދާ
އޯގާތެރި ދެއަތުން ނިދެންދެން ފިރުމާނެޔޭ
ﷲގެ ހެޔޮ ރަޙްމަތަށް އެދި ކުރަމެ ދުއާ
ﷲގެ ހެޔޮ ރަޙްމަތަށް އެދި ކުރަމެ ދުއާ