© ދިވެހި ލިރިކްސް
އެންމެ މަގުބޫލު
1
އިތުރު ރަސޫލާ
2
ދޮން ކަނބުލޮ ނިދާލާށޭ
3
ފިލާނެތޯ ލޯތަކުން މިފޫދޭ
4
ނަބީ އަމީނޭ
5
ޙަސްބީ ރައްބީ ޖައްލަﷲ - حَسْبِیْ رَبِّی جَلَّ اللّٰہ
އެންމެ ފަހުގެ
1
ރީތީގެ ރާނީ އުޖާލާ
2
ކުރަންވީއޭ ދުޢާ
3
އޭނަބިއްޔާއޭ ސޮލާތާ
4
ޤައުމަށްޓަކާ ދީނަށްޓަކާ
5
އުދަރެސް
މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.
މި ލޯބިވީމާ ނުވީހެ އޯގާ
ރާގު: ނަ އާދްމީކާ ކޮއީ ބަރޯސާ
ޅެން: ޅެންވެރިޔާ ނޭނގޭ
ކުރީ މިހިތްދަތި އެ ޝަރުތަކީހޭ
މިއީ ވަފާއޭ ބުނީމު ނޫންހޭ
އަސަރުކުރޭ މަސްތީ ލޯބިވީމޭ
ވަނީ ޙަޤީގަތޭ ކެހި ނޭނގިތާދޯ
މި ލޯބިވީމާ ނުވީހެ އޯގާ
ހިތާމަ ދީފާ ކުރީ ދިވާނާ
ވަފާގެ ބަދަލަށްހެ ބޭވަފާވީ
ރަޙުމް ނުވާނޭ މިއޭ ޒަމާނާ
މި ލޯބިވީމާ ނުވީހެ އޯގާ
މި ގިސްލަނީ ފުރޮޅި ބިންމަތީގާ
މި ޢިޝްޤުގާ މަރުވަމުން ދަނީއޭ
ބަދަލު ނުވާނޭ ހިތޭ އިނގޭ މީ
ހިތަށް މިއަނިޔާ މަގޭ ދިނީހޭ
ބަދަލުހިފީ ކޮން ކުށެއްހެ ވެވުނީ
ޒަޚަމުވެފާ ލޭ އަނގައިން އައީމާ
މި ލޯބިވީމާ ނުވީހެ އޯގާ
ހިތާމަ ނުމެދީ މި ޒަހަރުދޭށޭ
ހަރާށެ ނޫނީ ހިތަށް މި ޚަންޖަރު
މަރަށް ތެޅޭތީ ބަލަން ހުރީދޯ
ފެނަށް އެދޭ މީހެކޭ މި ދަންވަރު
ނުވޭ މިދުނިޔޭން އުފާ އަޅަށް އަދު
ދުޢާއެކޭ ގެންދަވާ ފުރާނާ
މި ލޯބިވީމާ ނުވީހެ އޯގާ
ނުވިސްނުނޭ ބަލަ ރަޙުމު ނެތީހޭ
ތިހިތް ހިތެއް ޤަތުލު ކޮށްލަނީހޭ
ބަދަލްނުވާހެން މަގޭ ޙަޔާތޭ
އަތުންނެ ވިހަލާ ކަފުން ކުރީހޭ
ބަދަލްނުވާ ހިތް މަގޭ މިރޮވެނީ
ވުމުން އިނގޭ ބޭވަފާ ހަނދާނާ
ބަދަލްނުވާ ހިތް މަގޭ މިރޮވެނީ
ވުމުން އިނގޭ ބޭވަފާ ހަނދާނާ
މި ލޯބިވީމާ ނުވީހެ އޯގާ
ހިތާމަ ދީފާ ކުރީ ދިވާނާ
ވަފާގެ ބަދަލަށްހެ ބޭވަފާވީ
ރަޙުމް ނުވާނޭ މިއޭ ޒަމާނާ
މި ލޯބިވީމާ ނުވީހެ އޯގާ
ހިތާމަ ދީފާ ކުރީ ދިވާނާ
ވަފާގެ ބަދަލަށްހެ ބޭވަފާވީ
ރަޙުމް ނުވާނޭ މިއޭ ޒަމާނާ
މި ލޯބިވީމާ ނުވީހެ އޯގާ