ދިވެހި ލިރިކްސް

© ދިވެހި ލިރިކްސް

ހ
ށ
ނ
ރ
ބ
ޅ
ކ
އ
ވ
މ
ފ
ދ
ތ
ލ
ގ
ޏ
ސ
ޑ
ޒ
ޓ
ޔ
ޕ
ޖ
ޗ
ޙ
ޚ
ޢ
ޣ
ޠ
ޘ
ޡ
ޤ
ޛ
ޞ
ޝ
ޟ
ޜ
ޥ

އެންމެ މަގުބޫލު

1

ދޮން ކަނބުލޮ ނިދާލާށޭ

2

އިތުރު ރަސޫލާ

3

ނަބީ އަމީނޭ

4

ފިލާނެތޯ ލޯތަކުން މިފޫދޭ

5

އިސްނެންގެވި މާތްވީ ސާހިބުން

އެންމެ ފަހުގެ

1

ރީތީގެ ރާނީ އުޖާލާ

2

ކުރަންވީއޭ ދުޢާ

3

އޭނަބިއްޔާއޭ ސޮލާތާ

4

ޤައުމަށްޓަކާ ދީނަށްޓަކާ

5

އުދަރެސް

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.

އެކު

އިން

info@dhivehilyrics.com

މިއަރާ އިރަކު ހަނދަކު ގައިމު ނުވޭ ނަލަކަން

ރާގު: -

ޅެން: ޢީސާ ޝަރީފު

މިއަރާ އިރަކު ހަނދަކު ގައިމު ނުވޭ ނަލަކަން
ތިޔަހާ، ތިޔަހާ ސާފު އޮމާން ފާޅު ނުވޭ އަލިކަން

ފިނިފިނި ރީތިއަތޭ ހުރެ ހަލުވާލީ ، ތުނިތުނި ދެތުންފަތޭ ފަރި ހުޅުވާލީ
ކިރިޔާ، ކިރިޔާ ކަކުލުހުޅުން ވާގި ނުގޮސް ހުރިކަން
މިއަރާ އިރަކު ހަނދަކު ގައިމު ނުވޭ ނަލަކަން

ދެކިދެކި ލޯބީގައި ވަރުބަލި ވެވިފައި
މެކިމެކި ހޫނުގައި އަރުތެރެ ހިކިފައި
މިތުރުނޭ ، މިތުރުނެ ދެކިލާށޭ ޙާލު މަގޭ ދެރަކަން
މިއަރާ އިރަކު ހަނދަކު ގައިމު ނުވޭ ނަލަކަން

ފަރިފަރި ރީތި ހިނގުން އެހެރަ ހިނގާލާ
އަރިއަރި ވެފައި ލޮލުން އެނބުރި ބަލާލާ
ގޮތަކުން.. ގޮތަކުން އެނގުނެ ދެފައިން ބާރު މުޅިންދާކަން
މިއަރާ އިރަކު ހަނދަކު ގައިމް ނުވޭ ނަލަކަން
ތިޔަހާ.. ތިޔަހާ ސާފު އޮމާން ފާޅުނުވޭ އަލިކަން
މިއަރާ އިރަކު ހަނދަކު ގައިމު ނުވޭ ނަލަކަނ