ތަރުތީބުން ފައިއަޅާ
ހަރުބީއަށް ނަންގަވާ
ތިރިވެ ވަތަށް އިސްޖަހާ
ދުރުވާއިރު ބިން ގުޑާ
ނަސަބުން މާ މޮޅު ބޮޑާ
ރަސްކަންތާ ހިތުއަޅާ
މަސަލަސްތާ ނުވިގޮމާ
ފަސްގަނޑުގާ މޮޑެވިދާ
މިސްކިތުނެގި ވަކަރުތާ
އުޅެއުޅެވެސް ހަމަ ހިލާ
ގުޅުނު ކަތީބަކު ނުވާ
ކުޅިކަން މާ ގަދަވެތާ
މުޅިރަށުގާ ގިނަވެފާ
ފަރިކަން ނެތިދާ އެގޮމާ
ހުރިވަރުވާ ފޭބިތާ
ދެރަވަރު މީހަކުނުވާ
ފިރިއެއްނެތި މަރުވެދާ
މިސްކިތުނެގި ވަކަރުތާ
ތަރުތީބުން ފައިއަޅާ
ހަރުބީއަށް ނަންގަވާ
ތިރިވެ ވަރަށް އިސްޖަހާ
ދުރުވާއިރު ބިން ގުޑާ
ނަސަބުން މާ މޮޅު ބޮޑާ
ރަސްކަންތާ ހިތުއަޅާ
މަސަލަސްތާ ނުވިގޮމާ
ފަސްގަނޑުގާ މޮޑެވިދާ
މިސްކިތުނެގި ވަކަރުތާ
މިސްކިތުނެގި ވަކަރުތާ
މިސްކިތުނެގި ވަކަރުތާ
މަސްއޮޑިއަށް ކަމުނުދާ