ނިދާލާށޭ މަގޭ ދޫންޏާ ތިއޭ އުންމީދަކީ
ހިޔާވަހިކަން ލިބުން މާތް ޙަޟްރަތުން އުންމީދަކީ
އެދޭ ހުރިހާ އުފަލެއް ހާޞިލްވުމޭ އުންމީދަކީ
ދެދުނިޔޭގާ ނަސީބާ ކުރިއެރުން އުންމީދަކީ
އެދޭ ހުރިހާ އުފަލެއް ހާޞިލްވުމޭ އުންމީދަކީ
ތިއީއޭ ނޫރަކީ ދެލޮލަށްވުރެން
ބަބުޅާލުމަށް އެދެވޭ
ކޮކާލެއްހެން ނިކަން ލޯބިން
އުދުހިލާތަން ދެކެން އެދެވޭ
ހިނގާފާ ފިރުކިފާ ދުވެފާ
އެކީގާ ވާން އަބަދު އެދެވޭ
ނުވާހެން މޯޅިވުން ފޮޅިފާވުމޭ އުންމީދަކީ
އެދޭ ހުރިހާ އުފަލެއް ހާޞިލްވުމޭ އުންމީދަކީ
ނިދާލާށޭ މަގޭ ދޫންޏާ ތިއޭ އުންމީދަކީ
އަހައިގެން ބަސް މިދުނިޔޭގާ
ނިކަން ލޯބިން އުޅެން ވާނޭ
މިސާލެއްހެން ނަމޫނާ ދަރިއަކަށް
ވޭތޯ ބަލަން ވާނޭ
ނުބައި މަގަކަށް އެޅޭނޭ ގޯޅިއަށް
ދުރުގާ ހިނގަން ވާނޭ
ދުޢާއޭ މީ ވެވޭ މިންވަރުވުމޭ އުންމީދަކީ
އެދޭ ހުރިހާ އުފަލެއް ހާޞިލްވުމޭ އުންމީދަކީ
ނިދާލާށޭ މަގޭ ދޫންޏާ ތިއޭ އުންމީދަކީ