ނުވޭހޭ މާފު ލިބުމެއް

ރާގު: މިލޭހޭ އާޕް ޖަބްސޭ

ނުވޭހޭ މާފު ލިބުމެއް
ހިތްމަގޭ ނެތި ގެއްލި ދާނީހޭ
ނުވޭހޭ މާފު ލިބުމެއް
ހިތްމަގޭ ނެތި ގެއްލި ދާނީހޭ
އަހާނަންހޭ ޕިޔާރާއޭ
ޒުވާނާ ވަކިވެދާނީހޭ
ނުވޭހޭ މާފު ލިބުމެއް
ހިތްމަގޭ ނެތި ގެއްލި ދާނީހޭ

މަގޭ ތަގުސީރަކުން ހެއްޔޭ
ކަލާ ވިސްނާ ބަލާށޭ
މަގޭ ތަގުސީރަކުން ހެއްޔޭ
ކަލާ ވިސްނާ ބަލާށޭ
ހެމުން މިތުރާ ދަނީހެއްޔޭ
މަވީ ދެން ހާސްވާންހޭ
ނުދާށޭ ކިޔާ ޒުވާނާ
ގާތުހުރެ އާދޭސް ކުރާނީހޭ
ނުވޭހޭ މާފު ލިބުމެއް
ހިތްމަގޭ ނެތި ގެއްލި ދާނީހޭ

މަގޭ ގިސްމަތު ނަގާލީހޭ
ތެދޭ މިތުރާ ބުނާށޭ
މަގޭ ގިސްމަތު ނަގާލީހޭ
ތެދޭ މިތުރާ ބުނާށޭ
މުޅިން ދުނިޔާ ބަދަލުވީހޭ
ފެށީ އަނިޔާކުރާށޭ
މިއެދި ހުރި ޔާރު ނާޒުކު
ލޯބި އެދި އެދި މަރުވެދާނީހޭ
ނުވޭހޭ މާފު ލިބުމެއް
ހިތްމަގޭ ނެތި ގެއްލި ދާނީހޭ

ކުރިން އުއްމީދު ކުރުވީމޭ
އެދޭ އެދުމަށް ރުހޭތޯ
ކުރިން އުއްމީދު ކުރުވީމޭ
އެދޭ އެދުމަށް ރުހޭތޯ
ހުރީމޭ އިންތިޒާރީގާ
ނަސީބެއް ހެޔޮ ލިބޭތޯ
އަދައިގެން ކުރި ޚިޔާލާ
ލޯބި ދެން ބޭކާރުވާނީހޭ
ނުވޭހޭ މާފު ލިބުމެއް
ހިތްމަގޭ ނެތި ގެއްލި ދާނީހޭ

ލިބުން ޚިދުމަތް ނެތީތާއޭ
އެދޭ އުފަލާ އަރާމާ
ލިބުން ޚިދުމަތް ނެތީތާއޭ
އެދޭ އުފަލާ އަރާމާ
ޔެތީ ކުރުވާ ޖަދަލުތާއޭ
ކުރިން ކުރި އިޙްތިރާމާ
ވި ހިތުގާ ޔާދު ހާމަވެ
ޢިޝްޤުގާ ބޭޒާރު ވާނީހޭ
ނުވޭހޭ މާފު ލިބުމެއް
ހިތްމަގޭ ނެތި ގެއްލި ދާނީހޭ
އަހާނަންހޭ ޕިޔާރާއޭ
ޒުވާނާ ވަކިވެދާނީހޭ
ނުވޭހޭ މާފު ލިބުމެއް
ހިތްމަގޭ ނެތި ގެއްލި ދާނީހޭ

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.

info@dhivehilyrics.com

އިން

އެކު