ޤުރުއާނީ އެ ކީރިތި ޤާނޫނޭ
                ރާގު: ޗޫލޭނޭދޯ ނާޒުކު ހޯޓޯނކޯ
        
        ޤުރުއާނީ އެ ކީރިތި ޤާނޫނޭ
އެކި ޖީލުތަކުންމީ ދާނެ ހިނގާ
ޤުރުއާނީ އެ ކީރިތި ޤާނޫނޭ
އެކި ޖީލުތަކުންމީ ދާނެ ހިނގާ
ޤުދުރަތުނޭ މިބިމުގާ ބަޚްސީސްވީ
ސޮފުޙާ ތަކުން ނިޒާމް ހިނގާ
ޤުރުއާނީ އެ ކީރިތި ޤާނޫނޭ
ރަޙްމާނީ ވަޙީއޭ ބުރުހާނާ 
ތަމްކީނުވެދާނީ މީ ދުނިޔޭން
ރަޙްމާނީ ވަޙީއޭ ބުރުހާނާ 
ތަމްކީނުވެދާނީ މީ ދުނިޔޭން
އާބާދުވި މަގުގާ ސީދާހާ 
އީމާންގެ މާތް ޕޭޣާމް ހިނގާ
ޤުރުއާނީ އެ ކީރިތި ޤާނޫނޭ .....
އުންމީ މާތް ނަބިއްޔާއަށް ހުރިހާ 
ދުނިޔޭންއައި ޔަތީމީ ޙާލަތުގާ
އުންމީ މާތް ނަބިއްޔާއަށް ހުރިހާ 
ދުނިޔޭންއައި ޔަތީމީ ޙާލަތުގާ
ޢިލްމާ ހެޔޮ ފަސާޙަތުގާވި އަޖަބު 
ތަޢުލީމް އިލާހީ އައި ހިނގާ
ޤުރުއާނީ އެ ކީރިތި ޤާނޫނޭ .....
މަތިވެރި މުޢުޖިޒާތޭ އުންމަތުގާ 
ހިނގަނީ ދެގޮތެއްނުވެ ތާޒާވީ
މަތިވެރި މުޢުޖިޒާތޭ އުންމަތުގާ 
ހިނގަނީ ދެގޮތެއްނުވެ ތާޒާވީ
ހުރިހާ އަލި ސިކުނޑިތައް ފަސްޖެހިގެން
ދިޔަ ނޫރުމިއޭ އަބަދަށް ހިނގާ
ޤުރުއާނީ އެ ކީރިތި ޤާނޫނޭ
އެކި ޖީލުތަކުންމީ ދާނެ ހިނގާ
ޤުދުރަތުނޭ މިބިމުގާ ބަޚްސީސްވީ
ސޮފުޙާ ތަކުން ނިޒާމް ހިނގާ
ޤުރުއާނީ އެ ކީރިތި ޤާނޫނޭ