ރީތި ނަލަ ނަލަ ހަނދެއް ކުރި އަލީގާ

ރީތި ނަލަ ނަލަ ހަނދެއް ކުރި އަލީގާ ރީތި މޫދެއްގެ ލޮނުގަނޑު މަތީގާ ރީތި ހުރިހާ އުފާ އެކުއެކީގާ ވީމެ ދެކުދިން އެ ލަވް ބައްތެލީގާ އުޑުމަތީގާ ވިލާ މަދުވެލާފާ އުޑު އެކަށް ތަރިތަކުން ދިއްލިލާފާ މަޑުމަޑުން ރޯޅި އުތުރުން ވެލާފާ ކަނޑު ވަނީ ހަމަ ހިމޭންކަން މަތީގާ މެދު އުޑުން ހަނދު ދަތުރުކޮށް ދަނީއޭ ހުދު ވިލާކޮޅު ތަކާ ގެއްލެނީއޭ ހަނދުވަރުން ދުނިޔެ އަލިކޮށްދެނީއޭ އަދަދު ނުވެވޭ އުފާ ތަކުތެރޭގާ ރޭގެ ލުއި ލުއި ވަޔާ ކަނޑުގެ ރާޅާ އޭގެ އެތަކެއް ރެއާ އެއްގޮތެއްގާ މޭގެ ގުޅުމާ ވަފާތެރިވި ލޯތްބާ ވެއްޖެޔޭ ރައްޓެހިންނަށް އެރޭގާ މޫދުގާވާ އެ ލޮނުގަނޑު އަހާނޭ ހިނގަ ހިނގާ ހުރި ވިލާތައް ދެކޭނޭ އެއުރެމެން ހެކިވެ ތިއްބާ ވަށައިގެން ވަޢުދުތައް ކޮށް ހެދީއޭ އެރޭގާ އަދު ކޮބާހޭ މިލޯބީގެ ކާނާ މަދަދުވެރިކަމުގެ މަތިވެރި ޓިކާނާ ޤަދަރު ކެނޑިގެން ހިނގައްޖޭ އިނގޭތޯ އަދު މި ނިއުޅާލަނީ ހިތް އެކީގާ ފާރުވެއްޖޭ ދެލޯ ރޯލަ ރޯލާ ކޯރު ކަރުނައިގެ ދެމެނީ މިތާނގާ ބާރު މިކުރާ މަށަށް ކެތްނުކުރެވިގެން ޙާލު މި ކިޔައިދިނީ އޭ އެކީގާ

ލިރިކްސް އެއް ނޫނީ މަދަޙައެއް އެބައޮތްތޯ؟

ލޮގިން ވާކަށް ނުޖެހޭނެ

ތިޔަ ބޭފުޅުންގެ އެންމެ މަޤުބޫލު ލަވަ އަދި މަދަޙައިގެ ލިރިކްސް އަވަހަށް ފޮނުއްވާ!

ދަންނަވާލުމެއް!

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.