ސޫރަ
                ރާގު: އަމިއްލަ
        
        ކަރުނަތަށް ވޭނީ އޮހޭނޭ، 
ވަކިވެދިޔަޔަސް އަދު މިދުނިޔޭން، 
ސޫރަ ތިޔަ މިހިތުން ނުދާނޭ، 
ތިޔަ ހަނދާންތައް އާވެ އާލާ، 
މިހިތުގާ އަބަދަށްމެ ވާނޭ، 
އެކަނިވެރިވީ'އޭ ހަޔާތުން، 
ދެން ތިލޯތްބެއް ނުލިބޭނޭއޭ، 
ބިކަވެ ނިކަމެތިވީ'އޭ އަހަރެން، 
ކަރުނަތަށް ވޭންޔް އޮހޭނޭ. 
****************** 
ހަށިގަނޑާއި ފުރާނަ ވަކިވެވި 
ނެތިފަނާވެ ދިޔަސް ހެވޭ، 
ކަށިވެ ފްޔް ވެއްޔަށްވެ ދިޔަޔަސް 
ލޯބި އަހަރެން ވާނަމޭ، 
ށްމްމްމްމްމް އާއާއަ، 
ލޯބިވެތި ތިޔަ ސޫރަ އަހަރެން 
ހިތުތެރޭ ފޮރުވާނަމޭ، 
ލޯބިވާގެ ޚިޔާލުތަށް މިހިތުން 
ފިލާނެ ގޮތެއް ނެތޭ، 
ހިތުތެރޭވާ ވިންދު ކެނޑުނަސް 
ލޯބި ތިޔަ ނިމުމެއް ނެތޭ، 
ހިތުގެ ތިޔައީ ސާފު ލޯތްބޭ 
ފަނޑުވެގެން ދުވަހަކު ނުދާނޭ، 
ވަކިވެދިޔަޔަސް އަދު މިދުނިޔޭން، 
ސޫރަ ތިޔަ މިހިތުން ނުދާނޭ، 
ތިޔަ ހަނދާންތައް އާވެ އާލާ، 
މިހިތުގާ އަބަދަށްމެ ވާނޭ. 
****************** 
މުޅި ހަޔާތް ބަނަކޮށްފިޔޭ އަދު 
ބޭޥަފާތެރި ލޯތްބަކުން، 
ދިރިއުޅުން ބަރުބާދުވެއްޖޭ 
ހިތް މަގޭ ފުނޑުފުނޑު ވުމުން، 
ށްމްމްމްމްމް އާއާއަ، 
ނާރުތަށް ހަށިގަނޑުގެ ހުރިހާ 
ހީވިޔޭ ކެނޑި ބުރިވިހެން، 
އެތެރެ ހަށި ހީވޭ ދަނީހެން ހަމަ
އަނދާ އަޅިއަށްވެގެން، 
ބޭޥަފާތެރިޔާއޭ ދުވަހެއް 
އަދި ޔަޤީން އައްނާނެކަން، 
ވޭނުގާ އަހަރެން މި ރޯހެން 
މާދަމާ ރޯނޭ ކަލާއޭ. 
****************** 
މިހިތުގާ ރިހުމާއި ވޭނާ 
އުފެދިފާވާ މިންވަރަށް، 
ތިހިތުގާމެ ރިހޭނެ ދުވަހެއް 
ހަމަ ތެދޭ އައްނާނޭއޭ، 
ހޯއް.... ހޯއް.... 
ދުނިޔެއަށް އަހަރެން ގިނަވެފާ 
މިއަދު ހުއްޓަސް ދެރަވެފާ، 
މާދަމާ ގައިމޭ ތިބާވެސް 
ދާނޭއޭ ބާކީވެގެން، 
ހޭއޮދުއާއިން ލޯބިވާ'އަށް 
އޭރު ހިއްޔް ފުރިފާވިޔަސް، 
ގިސްލަމުން ބޭއިޚްތިޔާރުގަ 
ކުރެވެންޔް ހަމަ ބަދުދުއާ'އޭ، 
ށްމްމްމްމްމް އާއާއަ، 
ކަރުނަތަށް ވޭންޔް އޮހޭނޭ.