ތާޒާވެ ފަލަކު ދާނޭ އެޒަމާން
އެޝިޢާރު މިދިރި ނޭވާލީހޭ
މައިދާނުން ވިދާ ނަންފުޅުގާ ކިޔާން
އެޝިޢާރު މިދިރި ނޭވާލީހޭ
ތާޒާވެ ފަލަކު …
ހޯދާނެ މި އުއްމަތް އަބަދަށް އަލިން
މުޚުތާރޭ މި ކީރިތި ދީނުގައޭ
ހެޔޮ ޚުލްޤުން ފުރާ އިންސާނީ މިމާތް
އެޝިޢާރު މިދިރި ނޭވާލީހޭ
ތާޒާވެ ފަލަކު …
އިރުޝާދުގެ ނޫރު ނިހާއީ ޤަދަރު
ދޭ ޙާލު މި ޤުލްޝަންތަކުގާ އަސަރު
އާލާވެ ދިރޭ މާތައް މީ ފޮޅޭ
އެޝިޢާރު މިދިރި ނޭވާލީހޭ
ތާޒާވެ ފަލަކު …
ޞަލަވާތުގެ ރަން މީހާރުގެތީ
ވަސްމީރު ސަލާމް އެމުނޭނޭ މުތީ
ތަކުރާރޭ ވަނީ ރަމްޒުން މީ ހަނދާން
އެޝިޢާރު މިދިރި ނޭވާލީހޭ
ތާޒާވެ ފަލަކު …