© ދިވެހި ލިރިކްސް
އެންމެ މަގުބޫލު
1
ދޮން ކަނބުލޮ ނިދާލާށޭ
2
އިތުރު ރަސޫލާ
3
ނަބީ އަމީނޭ
4
ފިލާނެތޯ ލޯތަކުން މިފޫދޭ
5
އިސްނެންގެވި މާތްވީ ސާހިބުން
އެންމެ ފަހުގެ
1
ރީތީގެ ރާނީ އުޖާލާ
2
ކުރަންވީއޭ ދުޢާ
3
އޭނަބިއްޔާއޭ ސޮލާތާ
4
ޤައުމަށްޓަކާ ދީނަށްޓަކާ
5
އުދަރެސް
މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.
ތިޔަ ކަޅިރަވައިން
ރާގު: -
ޅެން: ޅެންވެރިޔާ ނޭނގޭ
ތިޔަ ކަޅިރަވައިން ޒަޚަމް ނުވި ހިތަކީ،
އެ އީ ދުނިޔެއް ވަރަށް ބަދު ނަސީބު ހިތެކޭ!
ތިޔަ އަސަރުގާ މަސްތު ނުވި ނަމައީ،
އެވެސް ދެން ހާދަ ނާކާމިޔާބު އަޅެކޭ!
ތީރާ ހަންޖަރު ވެސް ހުރޭއޭ،
ފީރާ ކުރަފަތް ވެސް އެންގޭއޭ،
ހީރާޔާ ހިލަޔާ އަގުގާ،
އޭ ހާދަ ތަފާތެއް ހުރޭއޭ،
މީރާގެ ރާހަތުވި ހީލުމަކީ،
މި ދެލޯވެސް އަލަށް ދުއް އަޖާބު ކަމެކޭ،
ތިޔަ ކަޅިރަވައިން...
ތިޔަ ތޫނު ނަޒަރު ގުޅުނީމާ،
މިހިތާއި އަމާޒު ވެލީމާ،
ނިޔަތާއި ޚިޔާލު އެހިންދުގާ،
ކިޔަމަންކަން ދޫކޮށް ލީމާ،
ތިޔަ އުފަލުގަ ހިތުގެ ވިންދު އަވަސް
ވުމަކީވެސް އެ އީ ވާ އަރާމު ކަމެކޭ،
ތިޔަ ކަޅިރަވައިން...
ލޯބީގެ ހަޔާތަށް އެދިފާ،
އޭގާވި އުފާތަށް އޮޅިފާ،
މޭގާވި މަގޭ ނަފްސާ ހިތް،
ހޭވެރިވެ މި ޖާދޫ ޖެހިފާ،
ލޭގާ މި އިއްސާސް ހިންގާލި ގޮތަކީ
މިފުރާނައިގެ އުއްމީއެދު އާވި ކަމެކޭ،
ތިޔަ ކަޅިރަވައިން...