ތިޔަ މައުސޫމު ކިހާ ޠާހިރު އިންސާނެއްހޭ
ދުނިޔެއަށް އައިއިރު ވަސްވާސްތި ނިޔަތުގާ ވޭހޭ
ތިޔަ މައުސޫމު ކިހާ ޠާހިރު އިންސާނެއްހޭ
ލޮބުވެތި މަންމަ ތިބާޔަށްވި އެހީ ހަނދުމަ ކުރޭ
އަބަދުމެ ދިންއެ ނަސޭހަތުގަ ހިފާ ދޫނުރޭ
މުޅިޖާނާއި ފުރާނައިންވޭ ޤުރުބާނީއޭ
ދުނިޔެއަށް އައިއިރު ވަސްވާސްތި ނިޔަތުގާ ވޭހޭ
ތިޔަ މައުސޫމު ކިހާ ޠާހިރު އިންސާނެއްހޭ
ދާދި އަވަހަށްތި ހިނގައިދާނެ ޒުވާންކަން އައިމާ
ހޭދަކުރި ކޮންމެ ސިކުންތެއްގެ ޢަދުލުވެރި ދަރުމާ
އޭގެ އިޙުސާސް ފަހުން ރޯނޭ އެއީ މާޒީއޭ
ދުނިޔެއަށް އައިއިރު ވަސްވާސްތި ނިޔަތުގާ ވޭހޭ
ތިޔަ މައުސޫމު ކިހާ ޠާހިރު އިންސާނެއްހޭ
ނޭނގިގެން އޭރު ހިޔަންޏާއި ކުޅެން އުޅެވުނަތީ
އޭގެ ދިލަހޫނު ފަހުން އާދެ މިހެން ފެންނާތީ
އަނދާ އަލިފާނުން އަނދާރޫހުގެ އިހުސާސްވޭހޭ
ދުނިޔެއަށް އައިއިރު ވަސްވާސްތި ނިޔަތުގާ ވޭހޭ
ތިޔަ މައުސޫމު ކިހާ ޠާހިރު އިންސާނެއްހޭ