ތިއޭ ހިތުގެ މަންޒިލް

ރާގު: ތުމީ މޭރި މަންދިރް

ތިއޭ ހިތުގެ މަންޒިލް ތިއޭ ލޮލުގެ ނޫރާ ތިއޭ ރަޙްމަތާ ފިނިކަން ގެނެސްދޭ ޝުޢޫރާ ތިއޭ ހުސްނުވާނޭ މަތިވެރި ޢަމީރާ ތިއޭ ހިތްމަތާ އަލިކަން ގެނެސްދޭ ބަހާރާ ތިއޭ ހިތުގެ މަންޒިލް ތިއޭ ލޮލުގެ ނޫރާ ތިއޭ ރަޙްމަތާ ފިނިކަން ގެނެސްދޭ ޝުޢޫރާ އެހާ ތުއްތު އިރުގާ އަޅާލާ އުރާލާ ތިލޯބީގެ ފިރުމުންތަކުން ހިތްފުރާލާ އެހާ ތުއްތު އިރުގާ އަޅާލާ އުރާލާ ތިލޯބީގެ ފިރުމުންތަކުން ހިތްފުރާލާ އެހާ ރީތި ނާނާތަކުން ހިތްފުރާލާ ފަރާތެއް ނެތޭ ތިޔަނޫން މިބިމުގާ ބަލާލާ ތިއޭ ހިތުގެ މަންޒިލް ތިއޭ ލޮލުގެ ނޫރާ ތިއޭ ރަޙްމަތާ ފިނިކަން ގެނެސްދޭ ޝުޢޫރާ މަގޭ ގާތުގާ އަބަދަށް ހުރޭ ރޯލަރޯލާ މަށަށް ވާނުވާގޮތް ބަލަން އަބަދު ހޭލާ މަގޭ ގާތުގާ އަބަދަށް ހުރޭ ރޯލަރޯލާ މަށަށް ވާނުވާގޮތް ބަލަން އަބަދު ހޭލާ މަގޭ ކަރުނަތައް ފޮހެދީ މަގޭ ހިތް އުފާކޮށްދީ އެ ހިނިތުންވުމާ އެކުގާ އޮވޭ ހީލަހީލާ ތިއޭ ހިތުގެ މަންޒިލް ތިއޭ ލޮލުގެ ނޫރާ ތިއޭ ރަޙްމަތާ ފިނިކަން ގެނެސްދޭ ޝުޢޫރާ ނެތޭ ދެވަނައެއް ތިޔަނޫން މިބިމުގާ ބަލާލާ ނެތޭ މަންމަ ނޫނީ އެހެންވެސް އަޅާލާ މްމް................ ނެތޭ ދެވަނައެއް ތިޔަނޫން މިބިމުގާ ބަލާލާ ނެތޭ މަންމަ ނޫނީ އެހެންވެސް އަޅާލާ އަތޭ އުފުލެމުން މިދަނީ ދުޢާކޮށްމެ ސީދާ ގޮތެއް ދައްކަވާތޯ ދެދުނިޔޭންމެ އައުލާ ތިއޭ ހިތުގެ މަންޒިލް ތިއޭ ލޮލުގެ ނޫރާ ތިއޭ ރަޙްމަތާ ފިނިކަން ގެނެސްދޭ ޝުޢޫރާ ދުޢާކޮށް ހެދީމޭ އެނޫރުން އިލާހީ މަގޭ މަންމަޔަށް ރަޙުމަތުން ހެޔޮ އެލައްވާ ދުޢާކޮށް ހެދީމޭ އެނޫރުން އިލާހީ މަގޭ މަންމަޔަށް ރަޙުމަތުން ހެޔޮ އެލައްވާ ސުވަރުގޭގެ މަތިވެރިވީ ނިޢުމަތުގެ ގޯތީ ފުކެއް ކުޑަވިޔަސް ދެއްވުން އެހިތަށް ފުރާލާ ތިއޭ ހުސްނުވާނޭ މަތިވެރި ޢަމީރާ ތިއޭ ހިތްމަތާ އަލިކަން ގެނެސްދޭ ބަހާރާ ތިއޭ ހިތުގެ މަންޒިލް ތިއޭ ލޮލުގެ ނޫރާ ތިއޭ ރަޙްމަތާ ފިނިކަން ގެނެސްދޭ ޝުޢޫރާ

ލިރިކްސް އެއް ނޫނީ މަދަޙައެއް އެބައޮތްތޯ؟

ލޮގިން ވާކަށް ނުޖެހޭނެ

ތިޔަ ބޭފުޅުންގެ އެންމެ މަޤުބޫލު ލަވަ އަދި މަދަޙައިގެ ލިރިކްސް އަވަހަށް ފޮނުއްވާ!

ދަންނަވާލުމެއް!

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.