ވާޤިޢާ މީ ޞަފުޙާއިން މިއުކޭ ސީދާވާ

ރާގު: އާޕް އާއީތޮ ޚަޔާލޭ

ވާޤިޢާ މީ ޞަފުޙާއިން މިއުކޭ ސީދާވާ
އިތުރު ޢިބުރަތް އެގެނެސްދޭނެ މިތާ ޢާލާވާ - ވާޤިޢާމީ..

ހިތްޕުޅަށް މާތްވީ ކަލީމުގެ އައި އިލްހާމު ތަކުން
ފެއްޓެވީ ދަތުރޭ ލަދުއްނީ ހެޔޮ ޙާލިމުގެ މަގުން
މަންޒިލަށް އާ ދެކަނޑު ބެދޭ ހަމަ ވާޞިލްވުންވާ - ވާޤިޢާމީ..

އެތަނުގައި ކުރެވުނު ވުޟޫ އެދުވަހުގެ ނަމާދަށް އަގު މާތް
ފެންތިކެއް ޖެހިގެންނޭ އެމަސްކިބަ ފުންމާލީ ދިރިގެން
މާފަހުންތާ ބޭނުންފުޅު ވެވުމުން ޔާދުމިވާ - ވާޤިޢާމީ..

ފެނިވަޑައިގަތުމުން އެ މާތް ޚަޟިރުގެފާނުން އަރިހުން
އެދިވަޑައިގެންވީ ޢުލޫމުން މި މުޤައްދަރު ދެއްވުން
ކެތްކުރެއްވޭނެތޯ އެއްސެވިމި ސުވާލެއް އެނގިވާ - ވާޤިޢާމީ..

އެންމެ ފުރަތަމައިން ނަވެއް ޣަރަޤު ފެނަށް ކޮށްލެވުން
ދެން އެތާރަށަކުން ޣުލާމެއް އެޤަތުލު ކޮށްލެއްވުން
ވެއްޓެމުންދާ އަދި ފާރެއް އާކޮށްދެއްވުން ވާ - ވާޤިޢާމީ..

ކޮންމެފަހަރަކުވީ ޞަބުރުނެތި އެކުރެއްވުންމެ ސުއާލު
ދެން މިއަށްފަހުގައި ދަތުރު ހުއްޓޭފަދަ އޭވީ އެޖަވާބު
ދެން މަޢާފެއް އެދި އެ ވަޑައިގަތުމެއް އާދެމިވާ - ވާޤިޢާމީ..

ނައު އަމާންކޮށްދެއްވެވީ ފޭރޭ އެ ޢަދުއްވުން ކިބައިން
ޤަތުލަކުން ވެވުނީ އަމާން ނަސްލެއް އެހިނގާ މާތް މުއުމިން
ފާރުއަމަނޭ ދިނީ މުދަލަށް ދެޔަތީމެއްގެ މިވާ - ވާޤިޢާމީ..

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.

info@dhivehilyrics.com

އިން

އެކު