ވާމިފަރި ޙާލު ހެނދުނާ ހަވީރާ
ރަސްމުވާ ޤުދުރަތީ އޭ ނަޒާރާ
ވާމިފަރި ޙާލު ހެނދުނާ ހަވީރާ..
ލޯތަކުން ފުހެވި ކުލަތައް ނުދާނޭ
ޙިއްސުތައް އަސަރުގާ ހޭލުވާނޭ
ރޫޙަކުންނޭ ހިތަށް ހެޔޮސަހާރާ
ރަސްމުވާ....
އޭރު އަޞްޙަބުނާ މުއުމިނުންވީ
ނޫރު ލިބިގެން އުޖާލާ ސަމާވީ
ލޯތްބަކުން އައި އުފާމީ ބަހާރާ
ރަސްމުވާ...
ހާދަމަތިވެރި ޤުރުބާންތަކޭ އޭ
މާތް ޝަހީދުވި އެތައް ރޫޙެކޭ އޭ
ހަނދުމަ ކުރަމާތޮ ބަލަމުން އިޝާރާ
ރަސްމުވާ....