ޔާނަބީ ތިޔައޭ ވިމާތް ޢަރުޝީގެ އައުލާ ނޫރަކީ
ޙަޟުރަތަށް ކުއްތަންވެވޭ އަޅަމެންގެ ހުރިހާ ސިއްރަކީ
ސުންނަތާއި މި ސީރަތޭ ރާސްތާ އަކީ ސީދާ އިނގޭ
ޖަންނަތާއި ސަޢާދަތަށް ފަހިކޮށްލަދޭ މިސްރާބަކީ
ކޮންމެ ޝަރަފެއް ޢިއްޒަތެއް ވާނީ ލިބުން ތިޔަ ޙައްޤުގާ
އެންމެ ޚާއްސަ ޝަފާޢަތުލް އުޒުމާއެދޭ މަޤުސޫދަކީ
ފަޚުރު ޢަރަބީން އަދި ވަކީން ކޮއްލީ ޤުރައިޝުންނޭ ޖަމާ
އިތުރު މާތް ސޫރަތު ޤުރައިޝުން ނަންގަވާށެ ދަލީލަކީ