© ދިވެހި ލިރިކްސް
މުޙައްމަދު ނިހާން
މުޙައްމަދު ނިހާން ގެ ލަވަތައް
އޭ މަގޭ ލޮލުގެ ނޫރާ
މުޙައްމަދު ނިހާން
އެންމެ މަގުބޫލު
1
ދޮން ކަނބުލޮ ނިދާލާށޭ
2
އިތުރު ރަސޫލާ
3
ފިލާނެތޯ ލޯތަކުން މިފޫދޭ
4
ނަބީ އަމީނޭ
5
އީމާނޭ ހިތުގާ އާލާވަނީ
އެންމެ ފަހުގެ
1
ރީތީގެ ރާނީ އުޖާލާ
2
ކުރަންވީއޭ ދުޢާ
3
އޭނަބިއްޔާއޭ ސޮލާތާ
4
ޤައުމަށްޓަކާ ދީނަށްޓަކާ
5
އުދަރެސް
މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.
ޔާރައްބި އަޅަމެން ދިންނަވާފާނދޭ މުނާފިޤު ދޫތަކުން
ރާގު: މުޖެ ދަރްދެ ދިލްކަ ޕަތާނަތާ
ޅެން: ޔޫސުފް މުޙައްމަދު ފުޅު
ޔާރައްބި އަޅަމެން ދިންނަވާ
ފާނދޭ މުނާފިޤު ދޫތަކުން
ޙާލާ މަޤާލަށް ހުށަހެޅޭ
ދުނިޔޭގެ ކެހިވެރި ބަސްތަކުން
ޔާރައްބި އަޅަމެން..
މުޞްޠަލަޤު ޚާންދާނާ ގުޅޭ
ހަނގުރާމައިން އައި ނަޞްރުގާ
ޤަޞްދުން މުނާފިޤުނޭ އުފައްދާލީ
ފަސާދަ އެކަށަވަރުން
ޔާރައްބި އަޅަމެން..
ދެޣުލާމަކަށް ވެވިފައިވާ ކުށް
ޙަރަކާތަކުން ލަޝްކަރު ތެރޭ
ފެއްޓީ އުބައްޔުގެ ދަރި އެތާ
ހައެޖާނެކޭ ފިތުނައިގެ ދެން
ޔާރައްބި އަޅަމެން..
އަދިވެސް މިއަށްވުރެ މާނުބައި
ބަދުނާމު އިސްތަށިފުޅުގައި (އެގޮތުންމެއޭ)
އެޅުވީ އެލޮބުވެތި ޢާއިޝަތުގެ
ޢަދުއްވުނޭ ފައްކާގޮތުން
ޔާރައްބި އަޅަމެން...
މަންޒިލް އެ ދޫކޮށް ޤާފިލާ ދާނޭ
ވަގުތު ހަމަ އެނގިވަޑައި
ގެންފައި ނުވާތީ ޙާޖަތެއްގައިވީ
އެތާ މި ވަޑައިގަތުން
ޔާރައްބި އަޅަމެން..
އެތަނުން އަބާރަނަކޮޅު އެމާތް
ވެއްޓުނު ކަމުންނޭ ހޯއްދަވާ (އޭހޯއްދަވާ)
ލަސްފުޅު ވުމެއްމީ ދެން ރުޖޫޢަ
އެ މަންޒިލަށްވެ ވަޑައިގަތުން
ޔާރައްބި އަޅަމެން..
އޮޅުމުގެ ތެރޭގައި ޤާފިލާ
ފުރުމުން ގިނިކަންޏާ އެތާ (ދެންވާ އެތާ)
އިންނެވުމުގައި އަވަހާރަފުޅު
މެދުވެރި މިވީއޭ ޤުދުރަތުން،
ޔާރައްބި އަޅަމެން..
ޞަފްވާން ފަސްފަހަތުން
ވަޑައިގަތުމަށް އެލިބިވީ އަމުރުގައި
ދަތުރުންނެ އުންމުލް މުއުމިނީން
ހަމަދެކެވަޑައިގެންވީ ސިހުން
ޔާރައްބި އަޅަމެން...
ޒައުޖަތު ރަސޫލު އަރާވަޑައިގަތުމުން
ސަވާރީއަށް އަލުން ( އޭގާ އަލުން )
ދަތުރޭ މަދީނާއަށް ކުރެއްވީ
ލަޤަނުގައި ހިއްޕެވި ހިނދުން
ޔާރައްބި އަޅަމެން...
ތަޤްވާގެ މައިދާނުން އަރާ
ކުރިޔަށް އެވީ ޞަފްވާން މާތް
އަގުމާތް އަމާނަތެކޭ އަދާ
މިކުރެއްވެވީ ހެޔޮ ގޮތްމަތިން
ޔާރައްބި އަޅަމެން..
މިދެބޭފުޅުންނާ މެދު
އުބައްރުގެ ދަރި މުނާފިޤުން އެކީ (އެދުމާއެކީ)
ދުވެ ޚަބަރުތައް ބަދުނާމުކޮށް
ފަތުރާލަނީ ކަންކޮޅުތަކުން
ޔާރައްބި އަޅަމެން..
އިސްލާމުން ލޮބުވެތި ރަސޫލާއަށް
މިއައި ޙައިރާންކަމެއް
ފިލުވައިދެނީ ދެން އައި ވަހީން
އާޔަތް ތަކޭ ޤަޛުފުގެ ރޮނގުން
ޔާރައްބި އަޅަމެން..