ޖިސްމާއި މޭ

ޖިސްމާއި މޭ ތިޔަލީ ނޮޅާ
ހިތައި ރޫހަ ވިންދަ ރޫޅާ
ވި ބޭޥަފާ ވީ ބޭޥަފާ
އުންގުގަ އެހެން ޔާރެއްގެ އުފާ އެ ހޯދަނީ
އެއް ވިސްނޭ ނޫންހޭ ދާށޭ ކަލާ
ކައްކަން ނޫޅޭށޭ ޚިޔާލީ ފޮލާ
ވިން ބޭޥަފާ ވީ މެ ބޭޥަފާ
އުންގުގަ އެހެން ޔާރެއްގެ އުފާ މި ހޯދަނީއް

ދީފާވާ އެކި ރޭ ރޭ ލޯބި ހަންދާން ނެތުނީހޭ
އެކުގާ ކުރިހާ ލޯބިން ވައުދަ ހުވާ ކޮބާހޭ
ވޭހޭ ހަންދާން އެ މަންޒަރް
ރެގަންޑު ތަރިތަށް ގުނުނޭ
ލޯބިން މާފޮޅުވީމޭ
ހާސް ކަލާ އަހުދުވިޔޭ
ކީންހޭ ތިވީ ކިޔައިދީބަލާ
ދުން އޭރު ހުވަފެން ލޯބިން ކޮބާ

އަހަރެން މީ ފަރިމަލެކޭ ފޮޅެމުން އަދިވެސް ދާނޭ
ލޯބީގެ މީރު ހުވަނދުން
މާބުރު މަސްތޭ ވާނީ
ފިޔަ ރީޠި ރީތި ނަލަވީ ކޮކާލެކޭ މި ހޯދީ
ފެނުނީމާ ދެރަވީހޭ ކީށް ހޭ މަށަށް ދެކޭށޭ
މާޒީ ކިޔަން ނޫޅޭ ކަލާ ނުރުހުންވަނީ ހޭ ވާތީ ގަޔާ

ޚިޔާލް ކުރާށޭ ޔާރާ ތިޔަހެން ރޮއްވަން ވޭހޭ
ސާފު ލޮއިއްބަކަށް އެދެމުން ހިތި މި ޒަހަރު ދޭންވޭހޭ
ބޭޒާރޭ އަދު ތިވަނީ
ލޯބީގާ ކެހި ތި ދިނީ
ގައިމެ ޔަގީނޭ ބުނަމޭ
އަސްލު ތި އީ ހިލަ ހިތެކޭ
މާދަން ތެދޭ ލޮތްބަށް އަދާ
ގިސްލާ ޖެހޭނީ ރޯށޭ ކަލާ
ވި ބޭޥަފާ ވީމެ ބޭޥަފާ
އުންގުގަ އެހެން ޔާރެއްގެ އުފާތަށް ހޯދަނީއެ

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.

info@dhivehilyrics.com

އިން

އެކު