ދިވެހި ލިރިކްސް

© ދިވެހި ލިރިކްސް

ހ
ށ
ނ
ރ
ބ
ޅ
ކ
އ
ވ
މ
ފ
ދ
ތ
ލ
ގ
ޏ
ސ
ޑ
ޒ
ޓ
ޔ
ޕ
ޖ
ޗ
ޙ
ޚ
ޢ
ޣ
ޠ
ޘ
ޡ
ޤ
ޛ
ޞ
ޝ
ޟ
ޜ
ޥ

މޫނިސާ ޚަލީލު

-

މޫނިސާ ޚަލީލު ގެ ލަވަތައް

ޖިސްމާއި މޭ

މުމްތާޒް މޫސާ

މޫނިސާ ޚަލީލު

މަ ދުނިޔެއިން ފަނާ ވާނޭ

ޢަބްދުﷲ ރަޝީދު (ޖޯބޯ)

މޫނިސާ ޚަލީލު

އެންމެ މަގުބޫލު

1

ދޮން ކަނބުލޮ ނިދާލާށޭ

2

އިތުރު ރަސޫލާ

3

ނަބީ އަމީނޭ

4

ފިލާނެތޯ ލޯތަކުން މިފޫދޭ

5

އެ މުޙައްމަދުލް އަމީނޭ

އެންމެ ފަހުގެ

1

ރީތީގެ ރާނީ އުޖާލާ

2

ކުރަންވީއޭ ދުޢާ

3

އޭނަބިއްޔާއޭ ސޮލާތާ

4

ޤައުމަށްޓަކާ ދީނަށްޓަކާ

5

އުދަރެސް

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.

އެކު

އިން

info@dhivehilyrics.com

ނުދާށިޔޭ އޭ ޝަޒާ އެ ރަމަޝާން

ރާގު: -

ޅެން: ޔޫސުފް މުޙައްމަދު ފުޅު

ނުދާށިޔޭ އޭ ޝަޒާ އެ ރަމަޝާން
ތިބާގެ މިސްކީ ޢަބީރު ދީފާ
ފިދާތަކާ ހެޔޮ ނަޞީބު ނަޞްރާ
ދެ ޢާލަމުން އެކުއެކީ މި ދީފާ
ނުދާށިޔޭ އޭ ޝަޒާއެ..

ޘަނާތަކުން ހެއު ޘަނާ ކިޔުމުގާ،
ކަނލާގެ މާތް ޙަޟްރަތަށް ކުއްތަން
ފަނާވެދާހެން ޚަރާބު ސިފަތައް
ޠަބީޢަތަށް އިންޤިލާބު ދީފާ
ނުދާށިޔޭ އޭ ޝަޒާއެ..

ޘަވާބު ޚާއްޞަވެ އެހެން ޢިބާރާތްތަކާ
ޚިލާފަށް މި މައްސަރެއްގާ
ޖަޒާތު ޚައިރުގެ ވަހުން އެހެން
ފާފަތައް ޢަފޫވާނެ ވަގުތު ދީފާ
ނުދާށިޔޭ އޭ ޝަޒާއެ..

ހިތާ ނަފުސު އާވެ ސާފު
ޝައްފާފު އާރުތަކަކުން މިސާލުގާވީ
މިތާއެތައް ދުވަހަކާއި ރޭތައް
ދިމާޣު ރޫޙާ ސަމާލުކޮށްފާ
ނުދާށިޔޭ އޭ ޝަޒާއެ..

ހަވާ ނުބައި ނަފްސު ބަލި އެ ކޮށްލާ،
ލިސާން އެ އައްމާރާތުން ހަށީގާ
ޝުޖާއު ލެޔާ ވިންދުގާ ހިފާނޭ ހީވާ
ނަފްސު މުޠުމައިންނަ ދީފާ
ނުދާށިޔޭ އޭ ޝަޒާއެ..

ޢަބީރަކާ ރޫޙަކުން ދުވާލަށް
މިރޫޙު ގެންދާނެ މުންތަހާއަށް
ޝަހީދު ފަދަ މާތް ޣަނީމަ ރޭރޭ
ކަރާމަތުން އަޅަމެނަށް މި ދީފާ
ނުދާށިޔޭ އޭ ޝަޒާއެ...

މިމައްސަރުގެ ހާދަ އަގުމާތް
ރެއެއްގެ ބަރަކާތް އިތުރު ކަމާއޭ
އެރޭގެ ޢަމަލުން އެޒާތު އެއްހާސް
މަހަށްވުރެން ހެއު ޘަވާބު ދީފާ
ނުދާށިޔޭ އޭ ޝަޒާއެ...

އެރޭ އުޑުން މަލަކުނާއި ޖިބްރީލު
ބިމަށް ވަޑައިގެން އިޒުނަފުޅަށް މާތް
ތެރޭ މިދުނިޔޭ ފަތިސް ވެދާންދެން
އެދެއްވި ކަމަނާ ކަރަމް މި ދީފާ
ނުދާށިޔޭ އޭ ޝަޒާއެ...

ވިޔަސް މިތާ ފޮރުވި ލައިލަތުލް ޤަދުރި
ދޭ ވުޖޫދަށް ފަލާޙު ހުރިހާ
ނިޔަތް މިގަނެގެން ލިބުން އެރޭ އެދި،
ވިޝައުޤު މާތް ފުރުޞަތެއް މިދީފާ
ނުދާށިޔޭ އޭ ޝަޒާއެ...

ނުޒޫލް ޤުރްއާން ވިމާތް ރެއާމީ
ވުޞޫލު ފުރްޤާންވި ހެޔޮ މިދޭހަ
އެ ނޫރު ހުރިހާ ޒަމާންތަކަށް
އަލިކުރާނެ ޒިކުރާތަކެއް މި ދީފާ
ނުދާށިޔޭ އޭ ޝަޒާއެ..

ނިޝާން މިމައްސަރުގެ ފާޅުކުރެވޭ
އެތައް ނަމޫނާތަކެއް ވެއޭ ދެން
ތެދޭ އެއިން ބަދުރު ޣަޒުވަތާ ފަތަޙަ
މާތްވި މައްކާ ހަނދާން މި ދީފާ
ނުދާށިޔޭ އޭ ޝަޒާއެ..

ނިދާއެ ރައްބީ މި މާތްވި ޢާލަމް
ފުރާ އައީ ކޮންމެ ދަންވަރެއްގައި
ހިދާޔަތެއް ލިބިވިހައި ހިތެއް ހެޔޮ
ދުޢާތަކަށް ހުށަހަޅާލަ ދީފާ
ނުދާށިޔޭ އޭ ޝަޒާއެ...

ވަދާޢަކަށްފަހު އެދޭ މިއެދުމޭ ވުމަށް
މި ލާޙިޤު ކުރާ އުންމީދުން
ދެނީ މި ތަރުޙީބެކޭ މިރޭ
ޢީދުގައި ތަހާނީ ޚިޔާރުކޮށްފާ
ނުދާށިޔޭ އޭ ޝަޒާއެ..

ލިބުނު އުފަލުގައި ކުރާ ސަލާމެއް
ވެވޭ ތަބާދިލް މުބާރިކެއް އާ
ކުރާ ވަޒަން ހެޔޮ ކަމެއް ހުރީހަމަ
ތިބާގެ ލޯބިންނެ މާތްވި ދީފާ
ނުދާށިޔޭ އޭ ޝަޒާއެ..

ހަނދާންތަކާ އެކު ދިވެހި މި ޤައުމަށް
މިދޭހުގައި އަދިވި މުސްލިމުންނަށް،
މިޢީދުގައި މަރްޙަބާ މުބާރަކް
ކިޔުންވަނީ ރަޙްމަތުންނެ ދީފާ
ނުދާށިޔޭ އޭ ޝަޒާއެ..