© ދިވެހި ލިރިކްސް
މުޙައްމަދު އަޙްމަދު (ޑޮކޭ)
މުޙައްމަދު އަޙްމަދު (ޑޮކޭ) ގެ ލަވަތައް
ކަލާތީ ލޯތްބޭ ހިތުގާވާ
ފަޒީލާ އާމިރު
މުޙައްމަދު އަޙްމަދު (ޑޮކޭ)
އެންމެ މަގުބޫލު
1
ފިލާނެތޯ ލޯތަކުން މިފޫދޭ
2
ދޮން ކަނބުލޮ ނިދާލާށޭ
3
އިތުރު ރަސޫލާ
4
އީމާނޭ ހިތުގާ އާލާވަނީ
5
ނަބީ އަމީނޭ
އެންމެ ފަހުގެ
1
ރީތީގެ ރާނީ އުޖާލާ
2
ކުރަންވީއޭ ދުޢާ
3
އޭނަބިއްޔާއޭ ސޮލާތާ
4
ޤައުމަށްޓަކާ ދީނަށްޓަކާ
5
އުދަރެސް
މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.
އޭ ނަބިއްޔުލް ޚިޠާމޭ
ރާގު: -
ޅެން: ޔޫސުފް މުޙައްމަދު ފުޅު
އޭ ނަބިއްޔުލް ޚިޠާމޭ
އޭ ނަބިއްޔުލް ޚިޠާމޭ އޭ ރަސޫލުލް ކިރާމޭ
އޭ ޝަފީޢުލް އަނާމް، ހެޔޮ ޞަލާތާ ސަލާމް
ނަންގަވައިދޭ މި ތަޙްމީދުގާ ވެވި އަރިސް
މާތަކުން މީ ގަތާ ހާރުތައް މީރުވަސް
އަދަބު ތަޢުޒީމުގާ ޚާއްޞަވީ ތިޔަ މަޤާމް
އޭ ނަބިއްޔުލް ޚިޠާމޭ އޭ ރަސޫލުލް ކިރާމޭ
ބައްލަވާނދޭ ޒަމާންތައް ހިނގާ ހިނގުމަކުން
ބަދަލުނުވެ އެއްގޮތެއްގައިވެ ސާބިތު ޤަދަމް
އަބަދުވެސް އިގުތިދާވާނެ ތިޔައީ އިމާމް
އޭ ނަބިއްޔުލް ޚިޠާމޭ އޭ ރަސޫލުލް ކިރާމޭ
ހިއްޕަވާނދޭ ވެދުން ފަރިވެދާ ހިތްތަކުން
އޮހޮރިދާ ޢިޝްޤުގާ ކަރުނަ މީ ލޯތަކުން
އާދެ ތިޔަ ލޯތްބަކީ ހިތުގެ ހުރިހާ އަރާމް
އޭ ނަބިއްޔުލް ޚިޠާމޭ އޭ ރަސޫލުލް ކިރާމޭ