© ދިވެހި ލިރިކްސް
މުނީފާ އަޙްމަދު މުޖުތަބާ
-
މުނީފާ އަޙްމަދު މުޖުތަބާ ގެ ލަވަތައް
ވާތީ ހަނދާނޭ
މުނީފާ އަޙްމަދު މުޖުތަބާ
ޢަލީ ސާޖިދު
އެންމެ މަގުބޫލު
1
ދޮން ކަނބުލޮ ނިދާލާށޭ
2
އިތުރު ރަސޫލާ
3
ފިލާނެތޯ ލޯތަކުން މިފޫދޭ
4
ނަބީ އަމީނޭ
5
އީމާނޭ ހިތުގާ އާލާވަނީ
އެންމެ ފަހުގެ
1
ރީތީގެ ރާނީ އުޖާލާ
2
ކުރަންވީއޭ ދުޢާ
3
އޭނަބިއްޔާއޭ ސޮލާތާ
4
ޤައުމަށްޓަކާ ދީނަށްޓަކާ
5
އުދަރެސް
މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.
ބައްޕައެކޭ
ރާގު: އަމިއްލަ
ޅެން: ޅެންވެރިޔާ ނޭނގޭ
އެކަނިވެފާ އިންސާނާ ދުނިޔެއިން
ހިތުގައިވާ އުއްމީދު ފިލާ
ހިތާމަޔާ ވޭނުން ލިބިފައޭ މަޒީގާ
ލޯބީގާ އިންސާފު ކޮބާ
އިންސާނީ އަޚުލާގު ކޮބާ
ބައްޕައެކޭ އޯގާތެރިވީ ބައްޕައެކޭ
ލޯބިން ވެލަދީ ފޫއްސާ
ތިޔަ ނަފުރަތު ފިލުވާ އޯގާވެދީ
ބައްޕައެކޭ އޯގާތެރިވީ ބައްޕައެކޭ
ލޯބިން ވެލަދީ ފޫއްސާ
ތިޔަ ނަފުރަތު ފިލުވާ އޯގާވެދީ
ހިތުގައި ޖައްސާ ރޮއްވާލާފާ
ޖެއްސުން ކުރަނީ ބާކީ ކޮއްފާ
ހިތުގައި ޖައްސާ ރޮއްވާލާފާ
ޖެއްސުން ކުރަނީ ބާކީ ކޮއްފާ
ނުނިޔަތް ލައިގެން ފިތުނަ އުފައްދާ
ނުރުހުން ދެއްކީ މޫނުހަދާފާ
ކޮންފަދަ ބުރަޔާ ގުރުބާނީ އެއް
އުފުލާފާވީ އަގަކީ މީހޭ
ބައްޕައެކޭ އޯގާތެރި ބައްޕައެކޭ
ލޯބިން ވެލަދީ ފޫއްސާ
ތިޔަ ނަފުރަތު ފިލުވާ އޯގާވެދީ
ބައްޕައެކޭ އޯގާތެރި ބައްޕައެކޭ
ލޯބިން ވެލަދީ ފޫއްސާ
ތިޔަ ނަފުރަތު ފިލުވާ އޯގާވެދީ
އިސްއުފުލާލާ ވިސްނާލަބަލާ
ކުދި ޅަދަރީންނޭ މިސްކީނު މިވީ
އިސްއުފުލާލާ ވިސްނާލަބަލާ
ކުދި ޅަދަރީންނޭ މިސްކީނު މިވީ
އަގަލެއް ކުލުނެއް ގައިމޭ ނެތުނީ
އިންސާނިއްޔަތު ވެއްޔާ މޮޑެލީ
ހަމަޖެހިލާފާ ރުޅި އިސްކުރަނީ
ނުލަފާ ވުމުގާ ހައްދު ކޮބާހޭ
ބައްޕައެކޭ އޯގާތެރި ބައްޕައެކޭ
ލޯބިން ވެލަދީ ފޫއްސާ
ތިޔަ ނަފުރަތު ފިލުވާ އޯގާވެދީ
ބައްޕައެކޭ އޯގާތެރި ބައްޕައެކޭ
ލޯބިން ވެލަދީ ފޫއްސާ
ތިޔަ ނަފުރަތު ފިލުވާ އޯގާވެދީ
ފިކުރާވެ ހުރޭ ތަދުބީރު ކުރޭ
ތަގުދީރު ހެނީ ވާގޮތް ވެދަނީ
ފިކުރާވެ ހުރޭ ތަދުބީރު ކުރޭ
ތަގުދީރު ހެނީ ވާގޮތް ވެދަނީ
ފޭހުނު އިލޮށިން ދެލޮލަށް ހެރުނީ
ހޭ ބިމުގައި ރޭވުމުގައި ޖެހުނީ
މާދަމައެއް އަންނާނެ ޔަގީނޭ
ކަނޑައެޅުނު މިބަސް ދޮގުކުރެވޭހޭ
ބައްޕައެކޭ އޯގާތެރި ބައްޕައެކޭ
ލޯބިން ވެލަދީ ފޫއްސާ
ތިޔަ ނަފުރަތު ފިލުވާ އޯގާވެދީ