© ދިވެހި ލިރިކްސް
އައްނަބީލާ މަރިޔަމް ސައީދު
ދިވެހި ޅެންވެރިކަމުގެ ބަޗީގާގައި "ނިސްރީން" އަދި "ނީލް"
އައްނަބީލާ މަރިޔަމް ސައީދު ގެ ލަވަތައް
އަޞްރު ދިޔައީ ގެއްލިގެން
ޢަބްދުﷲ ޙަސަން
އެންމެ މަގުބޫލު
1
ދޮން ކަނބުލޮ ނިދާލާށޭ
2
އިތުރު ރަސޫލާ
3
ފިލާނެތޯ ލޯތަކުން މިފޫދޭ
4
އީމާނޭ ހިތުގާ އާލާވަނީ
5
ނަބީ އަމީނޭ
އެންމެ ފަހުގެ
1
ރީތީގެ ރާނީ އުޖާލާ
2
ކުރަންވީއޭ ދުޢާ
3
އޭނަބިއްޔާއޭ ސޮލާތާ
4
ޤައުމަށްޓަކާ ދީނަށްޓަކާ
5
އުދަރެސް
މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.
ކަރުނުން މިދެލޯ ފުރިދާހިނދުގައި
ރާގު: ބާބުލްކި ދުއާއޭ ލޭތީޖާ
ޅެން: ޅެންވެރިޔާ ނޭނގޭ
ކަރުނުން މިދެލޯ ފުރިދާހިނދުގައި
މިޝުޢޫރުތަކޭ ދިރެމުންދަނީ
މަޙުޝަރުގެ ބިމުން ޖަންނަތުގެ ހިޔާ
އެދިގެން މިދުޢާ ކުރަމުންދަނީ
ކަރުނުން މިދެލޯ ފުރިދާހިނދުގައި
މިޝުޢޫރުތަކޭ ދިރެމުންދަނީ
ކުރެވުނު ކުށްފާފަތަކުން މިއަޅާ
ދުރުހެލިވެ އުޅެންނެ އަތާ މިދުލުން
ޙުރުމަތްތެރި މާތްވި މިފުރުޞަތުގައި
ހެޔޮހާ ތަސްބީޙަ ކިޔާހަދަމުން
ބިރުވެތިވެ އިލާހީ ހަޟްރަތުގައި
އެދި ދަންނަވަމުންނެ މިގެންދަނީ
ކަރުނުން މިދެލޯ ފުރިދާހިނދުގައި
މިޝުޢޫރުތަކޭ ދިރެމުން ދަނީ
ދުނިޔޭގެ މަޖަލުގައި ނަފުސު އޮޔާ
ދިޔުމަށް ހިތްނޭދޭހާ ޙާލަތުގައި
އަނިޔާލިބެވޭހާ ކަންކަމުގައި ނޫޅެން
ޢަޒުމެއް އާވާހިނދުގައި
ފޮނިކަން އާޚިރުގައި ލިބެވޭތޯ ވަގުތާ
ދުވަހޭ ގުނަމުން ދަނީ
ކަރުނުން މިދެލޯ ފުރިދާހިނދުގައި
މިޝުޢޫރުތަކޭ ދިރެމުންދަނީ
ޔާރައްބި އިލާހީ އަޅުގެ ދުޢާ
އިޖާބަކުރައްވާންދޭ އަބަދަށް
ހޯދަން މިއެދޭ ތެދުމަގު މާތްވީ
ފަހިކޮށްދެއްވާށިއެ މުޅި ޢުމުރަށް
މާދަން ނެތި ދިޔަޔަސް އަޅުގެ މިހިތް
ތިޔަ ޙަޟުރަތަށޭ ޚާލީޞްވަނީ