© ދިވެހި ލިރިކްސް
އެންމެ މަގުބޫލު
1
ފިލާނެތޯ ލޯތަކުން މިފޫދޭ
2
ދޮން ކަނބުލޮ ނިދާލާށޭ
3
އިތުރު ރަސޫލާ
4
ނަބީ އަމީނޭ
5
ޙަސްބީ ރައްބީ ޖައްލަﷲ - حَسْبِیْ رَبِّی جَلَّ اللّٰہ
އެންމެ ފަހުގެ
1
ރީތީގެ ރާނީ އުޖާލާ
2
ކުރަންވީއޭ ދުޢާ
3
އޭނަބިއްޔާއޭ ސޮލާތާ
4
ޤައުމަށްޓަކާ ދީނަށްޓަކާ
5
އުދަރެސް
މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.
ﷲ أَكْبَر اللَّهُ أَكْبَر لاَإِلَهَ إِلاَّ اللَّهُ
ރާގު: -
ޅެން: އަހުމަދު ރިފާޢު
اللَّهُ أَكْبَر اللَّهُ أَكْبَر لاَإِلَهَ إِلاَّ اللَّهُ
اللَّهُ أَكْبَر اللَّهُ أَكْبَر لاَإِلَهَ إِلاَّ اللَّهُ
އަތާއި ފައިން ހެދި ގޯސްތަކަކުން،
ބަހާ ޢަމަލުން އެނގި ފާޅުވުމުން
އަވާމެންދުރުގަ ފަތަން ފެށުމުން،
ހަވާނަފްސަށް އަޅުދާސްތުވުމުން
މުޞީބާތްތައް ކުރިމަތިވެ ދެޔޭ،
ޢުޤޫބާތްތައް ކުދިބޮޑު އާދެޔޭ
ޚިޔާލަށްވެސް ނާންނާނެ ކަމެއް،
ކިޔައިދޭންވެސް އުނދަގޫވިކަމެއް
އުތުރި ކަނޑުތައް ފެންބޮޑުވެ ދެޔޭ،
އުފުލި އަޑުތައް ކަންބޮޑުވެ ދެޔޭ
اللَّهُ أَكْبَر اللَّهُ أَكْبَر لاَإِلَهَ إِلاَّ اللَّهُ
ތުރާތައް އައުމުން ރޯން ޖެހިދޭ
ފުރައިގެން އަހަރެން ދާންޖެހިދޭ
ނުވެވި ތައުބާ ނެތި ދާންޖެހުމުން
ނުއެނގި ތިއްބާ މަރު އައިސް ޖެހުމުން
ކިހާދެރަހޭ މަހިތަށް އަރައޭ،
ކުރާ އަސަރުން
اللَّهُ أَكْبَر اللَّهُ أَكْبَر لاَإِلَهَ إِلاَّ اللَّهُ
އެވަރު ކުޑަކުޑަ ހިނދުކޮޅުގެ ތެރޭ
ގެދޮރު ފުނޑުފުނޑުވެ ބިމާ ހަމަވޭ
ސިކުންތު ކޮޅެއްގެ ތެރޭގަ އެކަން
ސިހުންވެ ދެޔޭ މުޅި ޢުމުރު އެކަށް
ބިރުން ތުރުތުރުލާ ޖިސްމު މަގޭ
ރިހުން ގެނުވާ މުޅި ހަށިގަނޑުގައި
މަރަށް ތައްޔާރުވެ ދަތުރު ހެދުން
މަށަށް ރައްކާތެރި މޮޅުގޮތަކީ
اللَّهُ أَكْبَر اللَّهُ أَكْبَر لاَإِلَهَ إِلاَّ اللَّهُ
ދުރާ ގާތުން ބަލަމުން މަދިޔަސް
ކުރާނެ ކަމެއް އަމުދުން މަ ނެތޭ
ފުރާނަތަކޭ ނެތިގެން އެދިޔައި
ފުރާވަރުގައިވެސް ވަކިވެދިޔައި
ހުރީ މިގޮތޭ ހިތަށް އަރައޭ،
ކުރާއަސަރުން
اللَّهُ أَكْبَر اللَّهُ أَكْبَر لاَإِلَهَ إِلاَّ اللَّهُ
އަބަދު الله ށް ކިޔަމަން ވޭ
މަދަދު ދެއްވެން އެދި ގޮވަމުން ދޭ
ފަހުން ދިރިގެން އަންނާނެ ކަމާ
އަލުން ހަށިތައް ރޭވޭނެ ކަމާ
ޤިޔާމަތް ދުވަހުގެ ބިރުވެރިކަން
ޚިޔާލަށް ވެސް ފަހެ ނާދޭހޭ
އިރުގެ އަލިކަން ނެތި ގެއްލި ދެޔޭ
ގަހާ ފަރުބަދަތައް ކުނޑިވެ ދެޔޭ
އުޑާއި ބިމާ ފުނޑުފުނޑުވެ ދެޔޭ
ކަނޑުން އަލިފާންގަނޑު އުތުރިދެޔޭ
اللَّهُ أَكْبَر اللَّهُ أَكْبَر لاَإِلَهَ إِلاَّ اللَّهُ
އަލުން ވިސްނާލާ މީ ވަގުތޭ
ފަހުން ވިސްނާކަށް ނެތްވަގުތެއް
ކުށުން ފޯވެފަ ހުއްޓަސް ބުނަމޭ
ކުށަށް ތައުބާވާން ފުރުޞަތެކޭ
ރޮމުން ގިސްލާ ކުރީމެ ދުޢާ،
ކުރާ އަސަރުން
اللَّهُ أَكْبَر اللَّهُ أَكْبَر لاَإِلَهَ إِلاَّ اللَّهُ
اللَّهُ أَكْبَر اللَّهُ أَكْبَر لاَإِلَهَ إِلاَّ اللَّهُ