ދިވެހި ލިރިކްސް

© ދިވެހި ލިރިކްސް

ހ
ށ
ނ
ރ
ބ
ޅ
ކ
އ
ވ
މ
ފ
ދ
ތ
ލ
ގ
ޏ
ސ
ޑ
ޒ
ޓ
ޔ
ޕ
ޖ
ޗ
ޙ
ޚ
ޢ
ޣ
ޠ
ޘ
ޡ
ޤ
ޛ
ޞ
ޝ
ޟ
ޜ
ޥ

އެންމެ މަގުބޫލު

1

ފިލާނެތޯ ލޯތަކުން މިފޫދޭ

2

އިތުރު ރަސޫލާ

3

ދޮން ކަނބުލޮ ނިދާލާށޭ

4

ނަބީ އަމީނޭ

5

ޙަސްބީ ރައްބީ ޖައްލަﷲ - حَسْبِیْ رَبِّی جَلَّ اللّٰہ

އެންމެ ފަހުގެ

1

ރީތީގެ ރާނީ އުޖާލާ

2

ކުރަންވީއޭ ދުޢާ

3

އޭނަބިއްޔާއޭ ސޮލާތާ

4

ޤައުމަށްޓަކާ ދީނަށްޓަކާ

5

އުދަރެސް

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.

އެކު

އިން

info@dhivehilyrics.com

ދެފުރާނަ އެކުވެފާވާ

ރާގު: ޔެ ބަހާރް ކެހެރަހީހޭ

ޅެން: ޢީސާ ޝަރީފު

ދެފުރާނަ އެކުވެފާވާ ވަކިވާނެހޭ ހިލާ
އުޑުގާ ދެނަން އެކީގާ އެލިޔަމުން ދަނީ ވިލާ
ތަރިތައް ވިދާ އުޑުން އަލިކަން ނުދޭ ފިލާ
އުދަރެސް މަތިން ބަލާށޭ އެ ސިފަކޮށްދެނީ ކަލާ

ލޯބި ނޫނީ އޮތީ ކޮން އަރާމެއް މިތާ
ޙިއްސުތައް ހީލަނީ ފުން އަސަރުގާ ހިތާ
ނޭވާލެވޭނޭ ވައިރޯޅި ވާނޭ
އެއަޑު ނައަހަބަލާ

ވަގުތުތައް ލޯބި ލޯބިން ނޭގެޔޭ ހޭދަވާ
ލޯއެދޭ ހުވަފެނޭ ފެންނަނީ ރޭދުވާ
ތާޒާމިހާރު ވީމާ އަމުދުން ބަހާރު އައިމާ
ލޯބިން ފޮޅޭށެ މަލާ

ލޯމެރީމާ ކަލާ މޫނު ފެންނަން ހުރޭ
ހިތްއެދޭ ޚިޔާލުދީ ފޫހި ފިލުވަން ހުރޭ
އެކުގާ ނިދާނީ ލޯމަރާނީ
އޭރުން ފިލާނެ ގިލާ