ދިވެހި ލިރިކްސް

© ދިވެހި ލިރިކްސް

ހ
ށ
ނ
ރ
ބ
ޅ
ކ
އ
ވ
މ
ފ
ދ
ތ
ލ
ގ
ޏ
ސ
ޑ
ޒ
ޓ
ޔ
ޕ
ޖ
ޗ
ޙ
ޚ
ޢ
ޣ
ޠ
ޘ
ޡ
ޤ
ޛ
ޞ
ޝ
ޟ
ޜ
ޥ

އެންމެ މަގުބޫލު

1

ދޮން ކަނބުލޮ ނިދާލާށޭ

2

އިތުރު ރަސޫލާ

3

އިސްނެންގެވި މާތްވީ ސާހިބުން

4

އެ މުޙައްމަދުލް އަމީނޭ

5

ފިލާނެތޯ ލޯތަކުން މިފޫދޭ

އެންމެ ފަހުގެ

1

ޤައުމަށްޓަކާ ދީނަށްޓަކާ

2

އުދަރެސް

3

އޭނަބިއްޔާއޭ ސޮލާތާ

4

ފަތިހުގެ މުދިމާ ބަންގި ދިނީމާ

5

ވަޑައިގަންނަވާށޭ ކުލާހަށް އަސާސީ

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.

އެކު

އިން

info@dhivehilyrics.com

އެނދީއޭ މޭ ތަދާ ހޫނުން

ރާގު: -

ޅެން: ޅެންވެރިޔާ ނޭނގޭ

އެނދީއޭ މޭ ތަދާ ހޫނުން
ޒަޚަމް ކުރުމުން އޮހޮރުވާ ލެއިން
އެނދީއޭ މޭ ތަދާ ހޫނުން
ޒަޚަމް ކުރުމުން އޮހޮރުވާ ލެއިން
ދެކޭށޭ މީ މަގޭ ޙާލޭ
މިއީ ކަތުނޭ ލިބޭ ވޭނުން
އޮހޭ ކަރުނުން ދެމޭ ސާލޭ
ދެކޭށޭ މީ މަގޭ ޙާލޭ

ކަފުންކޮށް ލޯބި ވަޅުލީމާ
ރިހުން މިހިތުން ފިލާނޭހޭ
ވެ ފިސްފިސް މޭ ދިޔާމާ
އޭ ހިތާއޭ ކެތްވެވޭނޭހޭ
ކަފުންކޮށް ލޯބި ވަޅުލީމާ
ރިހުން މިހިތުން ފިލާނޭހޭ
ވެ ފިސްފިސް މޭ ދިޔާމާ
އޭ ހިތާއޭ ކެތްވެވޭނޭހޭ
ވަނީ ނަފުރަތު މިއަދު ތޯއޭ
މިއީ ކުރެވޭ ފަހު ސުވާލޭ
ދެކޭށޭ މީ މަގޭ ޙާލޭ
އެނދީއޭ މޭ ތަދާ ހޫނުން
ޒަޚަމް ކުރުމުން އޮހޮރުވާ ލެއިން
ދެކޭށޭ މީ މަގޭ ޙާލޭ

ނުދާށޭ ލޯބި ވެރިޔާއެ
ނުދާށޭ މޫނު ދެކިލާށޭ
ނުދާށޭ ލޯބި ވެރިޔާއެ
ނުދާށޭ މޫނު ދެކިލާށޭ
ވަނީއޭ ހާސް މަގޭ ނޭވާ
މަދަދު ދޭށޭ އެހީވާށޭ
ވަނީއޭ ހާސް މަގޭ ނޭވާ
މަދަދު ދޭށޭ އެހީވާށޭ
ދަނީ ނިމިގެން މަގޭ ނަފުސޭ
ބަޔާންވެވެނީ ހިތުގެ ޙާލޭ
ދެކޭށޭ މީ މަގޭ ޙާލޭ
އެނދީއޭ މޭ ތަދާ ހޫނުން
ޒަޚަމް ކުރުމުން އޮހޮރުވާ ލެއިން
ދެކޭށޭ މީ މަގޭ ޙާލޭ