© ދިވެހި ލިރިކްސް
އެންމެ މަގުބޫލު
1
ދޮން ކަނބުލޮ ނިދާލާށޭ
2
އިތުރު ރަސޫލާ
3
އީމާނޭ ހިތުގާ އާލާވަނީ
4
ފިލާނެތޯ ލޯތަކުން މިފޫދޭ
5
ނަބީ އަމީނޭ
އެންމެ ފަހުގެ
1
ރީތީގެ ރާނީ އުޖާލާ
2
ކުރަންވީއޭ ދުޢާ
3
އޭނަބިއްޔާއޭ ސޮލާތާ
4
ޤައުމަށްޓަކާ ދީނަށްޓަކާ
5
އުދަރެސް
މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.
އޭ މިރޭ އުދާސްތަކުން
ރާގު: -
ޅެން: ޅެންވެރިޔާ ނޭނގޭ
އޭ މިރޭ އުދާސްތަކުން
ނުނިދޭނޭ ވަކިވީމަ ކަލާ
މުޅި މެންދަން ތިޔަ ހަނދުމައިން
ނިމެނީ ނިމެނީ ފަހެ ކީއްވެހޭ؟
މި ޝިކާޔަތުގާ ނިމެނީ
ނުލިބޭތި ޝިފާ ތިޔަ ލޯބިން
ދުލަކުން މި ބަޔާން ނުވެވޭ
މި ހިތަށް މި ލިބޭ ކެކުޅުންތައް
ތިޔަ މަންޒިލް އެދި ދުނިޔެއިން
ގޮވެނީ ގޮވެނީ ފަހެ ކީއްވެހޭ
ތަޤުދީރު އެނގޭ ނަމައީ
އެދުވަސް އަލުން ހޯދާނަން
ވިންދާއި އެކީ ތިޔަނަން
އިވުމުން ހަނދާން އާވާތީ
ތިޔަ ޝާހީ ފަރި ދެއަތުން
ފިރުމާނުލަނީ ފަހެ ކީއްވެހޭ؟
މައުސޫމު ދެލޯ ފެނިފާ
ޔާރާއެ މި ހިތް ތެޅެނީއޭ
ތިޔަ ރީތި އަދާ ތަކުގާ
ލޯބީގެ ނަމެއް ނުވަނީހޭ
އެކި ދަންވަރު އެކި ތަނުގާ
މިހަނދާން މިވަނީ ފަހެ ކީއްވެހޭ؟