© ދިވެހި ލިރިކްސް
އެންމެ މަގުބޫލު
1
ދޮން ކަނބުލޮ ނިދާލާށޭ
2
އިތުރު ރަސޫލާ
3
ނަބީ އަމީނޭ
4
ފިލާނެތޯ ލޯތަކުން މިފޫދޭ
5
އެ މުޙައްމަދުލް އަމީނޭ
އެންމެ ފަހުގެ
1
ރީތީގެ ރާނީ އުޖާލާ
2
ކުރަންވީއޭ ދުޢާ
3
އޭނަބިއްޔާއޭ ސޮލާތާ
4
ޤައުމަށްޓަކާ ދީނަށްޓަކާ
5
އުދަރެސް
މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.
ގަސްތުގާ ކިޔާދެމޭ ހިތް އެދޭތީ ޚަބަރު
ރާގު: އިސް ޤަދަރު ޕްޔާރުހޭ
ޅެން: ޢީސާ ޝަރީފު
ގަސްތުގާ ކިޔާދެމޭ ހިތް އެދޭތީ ޚަބަރު،
ދެރަވަނީ ހީވެފައި ނުރުހިދާނޭ މިތުރު
ހިތާ މޭ ފިނިވަނީ ދިމާވީމާ ނަޒަރު،
ވަނީ ގުޅިފައި ލެޔާ ނުދާހެން ތިޔަ އަސަރު
ގަސްތުގާ ކިޔާދެމޭ ހިތް އެދޭތީ ޚަބަރު
ދެރަވަނީ ހީވެފައި ނުރުހިދާނޭ މިތުރު
ނާޒުކު މަޤާމެއްގައޭ ހިތް މި ތެޅެނީ މަގޭ
މަސްތީ ޚިޔާލެއްގައޭ ލޯ މި މެރެނީ މަގޭ
ހުވަފެން ދައްކާ މަންޒިލް ހޯދަން އެދެނީ ކުރާށޭ ދަތުރު
ހިތާ މޭ ފިނިވަނީ ދިމާވީމާ ނަޒަރު
ވަނީ ގުޅިފައި ލެޔާ ނުދާހެން ތިޔަ އަސަރު
ގަސްތުގާ ކިޔާދެމޭ ހިތް އެދޭތީ ޚަބަރު
ދެރަވަނީ ހީވެފައި ނުރުހިދާނޭ މިތުރު
ނޭވާ މި ހިނގަނީ މަގޭ ހީނލާ އުޅޭތީ ކަލާ
އަދު ލޯބިވެވެނީ މިހާ އިޚްތިޔާރާ ނުލާ
ތިޔަހެން ސަހަރޯ މި ހިތަށް އަނިޔާ ނުކުރާށެ ލޯބިން އިތުރު
ހިތާ މޭ ފިނިވަނީ ދިމާވީމާ ނަޒަރު
ވަނީ ގުޅިފައި ލެޔާ ނުދާހެން ތިޔަ އަސަރު
ގަސްތުގާ ކިޔާދެމޭ ހިތް އެދޭތީ ޚަބަރު
ދެރަވަނީ ހީވެފައި ނުރުހިދާނޭ މިތުރު