ހާދަ ލޯބިންނޭ ހިނިތުން ވަނީއެ އޭނަ

ރާގު: ދީރެ ދީރޭސޭ މެރެ ޒިންދަގީމެ އާނާ

ހާދަ ލޯބިންނޭ ހިނިތުން ވަނީ އެ އޭނާ
ސިއްރު ސިއްރުންނޭ ބަލަނީ ޒުުވާނާ
ފެނިފާ ލޯބި ވެވިއްޖޭ ދެލޮލާ ރީތި މޫނާ
ގެއްލި ހިތްވަރު ކުޅެނީއޭ ހަނދާނާ

ފެނުނީއްސުރެ އޭނާ ހިތް އެދެނީ ބައްދަލުވެލުމޭ
ނިދި ގެއްލިއްޖޭ ކިޔެމުން މިދަނީ މިތުރާގެ ނަމޭ
ކިހިނެތްހޭ ހާލު ބަޔާން ކޮށްދޭނީ ލޯބިންދެން
ތިޔަސޫރަ ހިތުން ނުފިލާނޭ ކެރިހުރެ ވައުދު ވަމޭ
ފުން ހަނދާނުން ހިތްވެއްޖޭ ދީވާނާ
ސިއްރު ސިއްރުންނޭ ބަލަނީ ޒުވާނާ

ކައިރީގާ ވާހިނދު ބެލެނީ އެލިބޭ އަރާމުންނޭ
ބެލެނީ ލޯބިން ހިތުގާ އުފެދޭ އާ ޚިޔާލުން
ތިޔަލޯބިން ހިތް އަދު ޒަޚަމު ވަނީވެސް ލޯބިންނޭ
މިތުރާ ތިބަލާލާ ސީދާސާދާ ނަޒަރުންނޭ
ލޯބިން ވާހާ ފެނުނީމާ ދީވާނާ
ސިއްރު ސިއްރުންނޭ ބަލަނީ ޒުވާނާ

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.

info@dhivehilyrics.com

އިން

އެކު