ޖިސްމު ނެތިގެން ގޮސް ހަފުސް

ރާގު: އަމިއްލަ

ޖިސްމު ނެތިގެން ގޮސް ހަފުސް ވިޔަކަސް މަށެއް ނުބަލާނަމޭ ގިސްލަމުން ގޮސް އަދު މިހިތް ކަފުނުން ޖަރީއެ ކޮށްފާނަމޭ ދުނިޔެ އަށް ފުރަތަމަ ލެވުނު ނޭވާ ގަ ތިމަލަށް އެދެވުނޭ ހުރި އަސަރު ތިޔަފަދަ ދެވަނަ އެއް އުޑު ދަށުން ނެތުނީމަ އޭ ކަށި ކުނބުރު ގިނަ ވާ ތެރޭ ގަ ކަށި ދެފުށު ލޭ ކޮށި ވިޔޭ ދަތި އިތުރު އެތަކެއް ނުރައްކާ ތަށް ހުރަސް ކުރުވީމު އޭ ބޭނުމަށް މަ ނިޔަތް ގަތީމޭ ކޭތަ ހުރިނަމަ ހަށި ތެރެއިން ބޭހަކުން ނުފިލާ މި ބައްޔަށް ވާ އެކަނި ފަރުވާ ތިއޭ ބުނި މަ ބަހަކަށް ރުހިފަ ހުރެގެން ގާތް ކަމެއް ވެސް ހިންގި މޭއޭ އުނިކަމެއް ނުމެ ވާ އެ ޖިސްމުގެ ހޫނު ކަން ލިބިދިން މެ އޭ ދުނިޔެ ދައްކާ ކުލަ މަޖަ ފެނި ހޭޔޮ ނުބައި ވެސް އޮޅި ދެޔޭ ބުނި ކަމަކު އަދަދެއް ނުވާ ހާ ގިނަ ބަޔަކު މަޅި އަށް މެހިއްޖޭ ކަނު އަސަރު ފެނުމުގަ ނެތެސް ވެސް ކަނު މި ހިތް ކުރުވާ ފި އޭ މަލުގެ ވަސް ނީލަމުގަ ލާ އިރު ހަނު ހުރުން ދަތި ވެއްޖެޔޭ ގުދުރަތުން ލިބިދިން އެފަރި ކަން ކުޑަ އަގެއްގަ ވިއްކި އޭ ހުރުމަތެއް ނުމެ ދީ މައިއްނަށް އާއިލާ ބަދުނާމް ކުރީ އޭ އަލި މަހަސް އަގު ބޮޑު ވެވެނީ ހަމަ ލިބުން ދަތި ވީމަ އޭ އަލިކަމެއް ގައިހަމުގަ ހުއްޓަސް ގިނަ ވުމުން ބޭނުން ކެންޑިއްޖޭ

ލިރިކްސް އެއް ނޫނީ މަދަޙައެއް އެބައޮތްތޯ؟

ލޮގިން ވާކަށް ނުޖެހޭނެ

ތިޔަ ބޭފުޅުންގެ އެންމެ މަޤުބޫލު ލަވަ އަދި މަދަޙައިގެ ލިރިކްސް އަވަހަށް ފޮނުއްވާ!

ދަންނަވާލުމެއް!

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.