ދިވެހި ލިރިކްސް

© ދިވެހި ލިރިކްސް

ހ
ށ
ނ
ރ
ބ
ޅ
ކ
އ
ވ
މ
ފ
ދ
ތ
ލ
ގ
ޏ
ސ
ޑ
ޒ
ޓ
ޔ
ޕ
ޖ
ޗ
ޙ
ޚ
ޢ
ޣ
ޠ
ޘ
ޡ
ޤ
ޛ
ޞ
ޝ
ޟ
ޜ
ޥ

އެންމެ މަގުބޫލު

1

ދޮން ކަނބުލޮ ނިދާލާށޭ

2

ފިލާނެތޯ ލޯތަކުން މިފޫދޭ

3

ނަބީ އަމީނޭ

4

އިތުރު ރަސޫލާ

5

ޙަސްބީ ރައްބީ ޖައްލަﷲ - حَسْبِیْ رَبِّی جَلَّ اللّٰہ

އެންމެ ފަހުގެ

1

ރީތީގެ ރާނީ އުޖާލާ

2

ކުރަންވީއޭ ދުޢާ

3

އޭނަބިއްޔާއޭ ސޮލާތާ

4

ޤައުމަށްޓަކާ ދީނަށްޓަކާ

5

އުދަރެސް

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.

އެކު

އިން

info@dhivehilyrics.com

ކެތްނުވާނޭ މި ދެމޭ އޮއެގެ ތެރޭ

ރާގު: -

ޅެން: މުޙައްމަދު ރަޝީދު (ކޮޕީ)

ދުނިޔެ މި ބަނަވެ ވިލާ ބޯވެ ރޯޅި ގަދަވީޔޭ
ތޫފާނީ ރާޅާއެކީ އުމްރު ދެން ދަނީބާއޭ
މިއީ ސަޒާހެ ލިބޭ މަރުގެ ދާނުގާ ހިމެނޭ
ހިތާމަޔޭ ނުނިމޭ އަޖަލުގާ ވަނީ އާހޭ

ކެތްނުވާނޭ މި ދެމޭ އޮއިގެ ތެރޭ ލޯބީގާ
ކޯވަރެއް ދޭށެ ކަލާ ހާންތިވޭ ލޯބީގާ

ލޭގޭ ބާނީތެރެ މުޅި އުމުރު ފަނާވެވި ދާތީ
މޭގެ ހާލާތު މި ކަފިކަފިވެ އެކީ ރޫޅޭތީ
ލޭގޭ ބާނީތެރެ މުޅި އުމުރު ފަނާވެވި ދާތީ
މޭގެ ހާލާތު މި ކަފިކަފިވެ އެކީ ރޫޅޭތީ
ހޭގެ ދިރުމެއް ނެތި ލޯބީގެ ވަފާ ނޭނގޭތީ
އޭގެ ގިލަނުން މި މުސީބަތުގެ ތެރޭން ނިމިދާނީ
ކެތްނުވާނޭ....

ހޫނު ކަރުނައިގެ ދިލައިން ލޮލުގެ ފެނުން އުނިވީމާ
މޫނު ރީނދޫވެ މިލާ އޭގެ ވިދުން ކެނޑުނީމާ
ހޫނު ކަރުނައިގެ ދިލައިން ލޮލުގެ ފެނުން އުނިވީމާ
މޫނު ރީނދޫވެ މިލާ އޭގެ ވިދުން ކެނޑުނީމާ
ތޫނު ވިސްނުން ލުހި ސިކުނޑީގެ އަގެއް ނެތުނީމާ
ރޫޙުވީތީ މަރު ހައިޖާނު ތެރޭ ނިމިދާނީ
ކެތްނުވާނޭ....

ނީވެނީބާ މި ގޮވާ ހިތުގެ ގޮވުން ރޮއެރޮއެފާ
ކީއްވެބާ ޙާލު އޮޅުން ނުފިލުވަނީ ހީނލާފާ
ނީވެނީބާ މި ގޮވާ ހިތުގެ ގޮވުން ރޮއެރޮއެފާ
ކީއްވެބާ ޙާލު އޮޅުން ނުފިލުވަނީ ހީނލާފާ
ލީވެ މިވަނީ ބޮވި ވިހަ ލޭގެ ތެރަށް މޫލާފާ
ބީވެ ނޭވާ އަދު މި ފަކީރު މިހެން ނިމިދާނީ
ކެތްނުވާނޭ މި ދެމޭ އޮއިގެ ތެރޭ ލޯބީގާ
ކޯވަރެއް ދޭށެ ކަލާ ހާންތިވޭ ލޯބީގާ
ކެތްނުވާނޭ މި ދެމޭ އޮއިގެ ތެރޭ ލޯބީގާ x4