ސާދާ މޫނޭ މޫނޭ ތީ

ސާދާ މޫނޭ މޫނޭ ތީ

ސާދާ މޫނޭ މޫނޭ ތީ
ތިޔަނަން މިހިތުގައި
ލިޔެވުނު ރަނުގެ އަކުރަކުން
ކުރެހުން އެޅުނޭ ހިތުގެ އަޑްޔްގައި
ފަނާނުވާނެ ގަލަމަކުން

ސާދާ މޫނޭ މޫނޭ ތީ

ވައުދު ވެދާނޭ ހަންދު ހެކި ވާނޭ
ލޯބި މިހެން ފެށިދާނޭ
ވައުދު ވެދާނޭ ހަންދު ހެކި ވާނޭ
ލޯބި މިހެން ފެށިދާނޭ

ދަހިވެތި ހިޔާލުގެ ބަދަލުވަމުން އައި
ހިތުގެ ގޮވުން އިވިދާނޭ
އެހިންދު އެދޭނީ ބަދަލު ކުރާނީ
އަލަތު ސަލާމޭ ފެނި އަތަކުން
ކުރެހުން އެޅުނޭ ހިތުގެ އަޑީގައި
ފަނާނުވާނެ ގަލަމަކުން

ސާދާ މޫނޭ މޫނޭ ތީ

ރޭގަ ފިނީގާ ހިޔް ހޭއޮ ކަމުގަ
ފަނޑު ހަނދުވަރުގެ އަލީގާ
ރޭގަ ފިނީގާ ހިޔް ހޭއޮ ކަމުގަ
ފަނޑު ހަނދުވަރުގެ އަލީގާ

އަތުގަ ހިފީމޭ ސަބަބު ބުނީމޭ
މާފު އެދެމުން ކައިރީގާ

ވޭނީ އިންތިޒާރެއްގާ އުމުރު ނަގާލީ
ލޮބުވެތި އެންމެ ނަޒަރަކުން
ކުރެހުން އެޅުނޭ ހިތުގެ އަޑީގައި
ފަނާނުވާނެ ގަލަމަކުން

ސާދާ މޫނޭ މޫނޭ ތީ

ސާދާ މޫނޭ މޫނޭ ތީ
ތިޔަނަން މިހިތުގައި
ލިޔެވުނު ރަނުގެ އަކުރަކުން
ކުރެހުން އެޅުނޭ ހިތުގެ އަޑީގައި
ފަނާނުވާނެ ގަލަމަކުން

ސާދާ މޫނޭ މޫނޭ ތީ

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.

info@dhivehilyrics.com

އިން

އެކު