އާކުއްޖެކޭ ދަސްވީފަހުން
އަސްތާ މިހާރު ހޯދެނީ
ބިރަކާނުލާ އޭނާ އިނގޭ
ރެއާދުވާލު ހޯދެނީ
ލޯމަތިން ދެން ފެނިލުމުން
ވީގޮތެއްވެސް ނޭނގުނޭ
ހީވީ އަރައިގެން އައި
ހަނދެއްހެން ސާފު
އިސްތަށިގަނޑަކާ އަލިއަލި މޫނުން
ރޭގަނޑޭ އަލިވަނީ
އޭ ނަސީބާއޭ މަގޭ
ޝާޢިރެއްނަމައީ އިނގޭ
އަމުނާ ޣަޒަލު
ލޯބިން ހަދާލައިގެން
ގައިމޭ ދެން ކިޔޭނޭ ހިތުގެ އަޑީގާ
ވާމި ޚަޔާލް އާވަނީ
ދާދި ކުޑަކުޑަ ތަންވަޅެއް
ދާދި ކުޑަ ހިނގި ކަންފުޅެއް
ދެފަރާތް މުޅިން ވެއްޖޭ ފިދާ ލޯބިން
މާމަލަށް ވަސް އެކުވިހެން
ހަނދުގާ ހަނދުވަރު ހުންނަހެން
ވާ ވަޤްތު ދެން ހޯދެނީ