އާޝިޤާ - ފަރިފަރި ތިމޫނުގެ މަސްތުގަ

ފަރިފަރި ތިމޫނުގެ މަސްތުގަ މަ ޖެހުމުން
ދުރުގާ މިއަދު ނުނިދޭނެޔޭ
ޤަރުނެއްވެ ދިޔަޔަސް ފަރިމާ ލިބޭތޯ
އަރިހަށް މަ އެދިގެން ދާނަމޭ

މުނިޔާ މަގޭތީ ގުޅިލާނުހޭ ފަރި އާޝިޤާ
ބުނިހާ ކަމެއްގާ ފަސްނުޖެހިވާނަމެ އާޝިޤާ
ލިބުމުން ދެލޯފަދަ އާޝިޤާ
ފަރިފަރި ތިމޫނުގެ .....

ދުނިޔެއިން ޖަވާހިރު އަގުމާތް ނުވޭ މަގެ އާޝިޤާ
އުނިކަންނުވާ ހަމަ ފަތްމިންޏަކަސް ނެތެ އާޝިޤާ
ނުލިބޭ ތި ހަނދުފަދަ އާޝިޤާ
ފަރިފަރި ތިމޫނުގެ .....

ޤުރުބާން މަވާނަމެ ޢުމުރަށް އެދޭނަމެ އާޝިޤާ
ދިރިހުރުމަކަށް ނެތި ނުއެދޭނަމޭ ނަލަ އާޝިޤާ
ފިނިފެންމަލެއްފަދަ އާޝިޤާ
ފަރިފަރި ތިމޫނުގެ .....

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.

info@dhivehilyrics.com

އިން

އެކު