އާވާ ހަނދާނޭ އާޝިގް ނަޒަރުދޭ
ފޭދޭމީ ކަރުނައިން މިހާރު
އޮހޮރާލަނީއޭ ދޭތީ ސަޒާއޭ
ދާންވީހެ ބޭކާރުވާން
ރޯލާނަމޭ ދެން ކީކޭ ބުނާނީ
އިތުބާރު ލީހޭ އޮޔާ
ދުނިޔޭގަ ކެހި ދޭން ވެގެން ލޯފުރާނީ
ހިތް މޭގަ ރޯލީ އެހާ
ރޭތަށް މި ދިގުވީ ވީރާނަ ވާތީ
ޔާރާ ހަދަގޮތް އެނގޭތީ
ސަބަބެއް އެނގޭހޭ ޖެހިފާވި ޙާލަތު
މަރުވާ ފަހުންނޭ އެނގޭނީ
ސާހިލް ކޮބާހޭ ގެނބެމުން ދަނީއޭ
ލޯބީގާ ޖެހިފާ އޮޔާ
އާނނނނނ
ތޫފާނެކޭ މީ ކިޝްތީ ބެހޭއިރު
ފެނުމެއް ނުވާއިރު ކިނާރާ
ހަމަހޭ ނުވާތީ ލޯބީގަ އަނިޔާ
ދިންރޭ ނުވީ ހަނދުމަ ޔާރާ
ޒަހަރޭ އެނގޭމީ ބޭހެއް ނުވާނޭ
ގިސްލުންތަކުން ފޭދިފާ
ނުބަލާށެ ޙާލެއް ނުގޮވާށެ ޔާރާ
އަބަދަށް މި ފޮހެލީ ހަނދާނާ
އާޝޯޚު ވާނޭ ފެނުމުން ބެލޭނޭ
ދޫކޮށްފަ ދަންދެން ފުރާނާ
ފެނިލާފަ ދާއިރު ލޯބިން އުޅެންވީ
މަންޒިލްހެ ނޭގޭ މީހާ