އަބަދު ސާފު ނޫރޭ ވިއަލި ދޭހުގާ އޭ
ނިވާލަން އަނގައިން އޭ ފުމޭކަށް ނުވާނޭ
އިލާހީ މި ޝޯލާ ދަނީ ކުރިއަރާއޭ
އަބަދު ސާފު ނޫރޭ...
ވާދަވެރި ކަންމަތީ ކިބުރުގާހޭ ވަނީ
އާދަތައް އިހުގެ ވީ އަދު ޚަރާބުވެދަނީ
ތިމާމެންގެ ދީނާ ގޮތެއް ނުމެ ހިނގާނޭ
އަބޫޖަހުލު އާ އަދި އަބޫ ލަހަބުނޭއޭ
އަބަދު ސާފު ނޫރޭ...
ރުޅިއަރައިގެން މިތާ ވާށެ ކުދިކުދި މުޅިން
ކުޅިބަލާކަށް ނެތޭ ވަގުތު ތަނަވަސް ވެގެން
ނިމޭންދެން މިޢާލަމް ގުޑައިގެން ނުދާނޭ
ހިދާޔަތުގެ ބިންގާ ވަނީ ހަރުވެފާއޭ
އަބަދު ސާފު ނޫރޭ...
ހެޔޮ ސަޢާދަތު އެދެންޏާ ރުހޭށޭ އަހާ
މާތް މުޙައްމަދު ނަބިއްޔާގެ ބަސްފުޅު އަހާ
އެދޭނަމަ އެޖަންނަތު އެދޭނަމަ ޖަޙީމޭ
ކުރަންވީ ޚިޔާރޭ ވަނީ އަތްމަތީއޭ
އަބަދު ސާފު ނޫރޭ...