އަބަދު ތިޔަ ލޯބި ކަލާ ވާނަންހޭ؟

އަބަދު ތިޔަ ލޯބި ކަލާ ވާނަންހޭ؟
އަބަދު ތިޔަހެން ހުރެދޭނަންހޭ؟
ދުރުގާ ނުވޭ މިރޭ ހާލު މަރުވާހާވޭ
އެކީގާ ހިތްނަގާފާ ދިނީމޭ އާނއޭ
ބުނީމޭ އަޑުއަހާށޭ މިއީ ވާ ލޯތްބޭ
ދުރުގާ ނުވޭ މިރޭ ހާލު މަރުވާހާވޭ

އާދޭ މިރޭ ޔާރާ މަގޭ
ހިނދުކޮޅަކަށް ހުރެލާދީ
ހިނިތުންވެދީ ދެން ކިޔާލަދީ
ޝަކުވާ މީ ފިލުވާދީ
ހޯ އަތުގާ ހިފާށޭ މިދިމާ ބަލާށޭ
އޭރުންނޭ ބުނެވޭނީ ހޭ ހޫމ...
އެކީގާ ހިތްނަގާފާ ދިނީމޭ އާނއޭ
ބުނީމޭ އަޑުއަހާށޭ މިއީ ވާ ލޯތްބޭ
ހޮ ދުރުގާ ނުވޭ މިރޭ ހާލު މަރުވާހާވޭ

ކިޔައިދޭނަމޭ އަންގާނަމޭ
އިޙުސާސް މިރޭ ކުރުވާތީ
ވޭނޭ ދަނީ ފަރުވާނުދީ
ހުރެ ވަކިވާން ނޭދޭތީ
ހޯ ފިރުމާލަދެންހޭ އަދި ބީހިލަންހޭ
ލޯބިންވީ ދީވާނާ ހޭ ހޫމ...
އެކީގާ ހިތްނަގާފާ ދިނީމޭ އާނއޭ
ބުނީމޭ އަޑުއަހާށޭ މިއީ ވާ ލޯތްބޭ
ހޮ ދުރުގާ ނުވޭ މިރޭ ހާލު މަރުވާހާވޭ

ބޭނުން ބުނަން ސިއްރުން ބަލަން
މޫނޭތީ ޖާދޫވީ
ހުޅު ރޯވަނީ ނިއްވާލަދީ
ކަރުހިއްކުން ފިލުވައިދީ
ހިލަމެއްނުވާނޭ ތަނަކަށް ދަމާހޭ
ބެހިގެންދާން އެކީގާ ހޭ ހޭ ހޫމ..
އަބަދު ތިޔަ ލޯބި ކަލާ ވާނަންހޭ؟
އަބަދު ތިޔަހެން ހުރެދޭނަންހޭ؟
ދުރުގާ ނުވޭ މިރޭ ހާލު މަރުވާހާވޭ
ހމހމހމހމހހމހމހމ
ދުރުގާ ނުވޭ މިރޭ ހާލު މަރުވާހާވޭ

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.

info@dhivehilyrics.com

އިން

އެކު