އަހަރެން މިވާ ލޯތްބަށްޓަކައި
ޤަދަރެއް ނުކުރިޔަސް ލޯބިވޭ
މަދަދަށް އެދޭހާ ވަރުވެޔޭ
އަގަކަށްވިޔަސް ހަމަ ބޭނުމޭ
މިފުރާނަ ދިރިހުރިހާ ހިނދަކު
ފިރުކިފަވިޔަސް ބަލަމޭ ޚަބަރު
ހިތުގާ ފޮޅޭ ތިޔަ މަލުގެ ވަސް
ނިދިފައި އޮތަސް ހިތުގާ ވެޔޭ
މިތުރާގެ އެކިއެކި ޚިޔާލުގާ
މިކުރާ ހަނދާން ފޮހެވޭނެހޭ
ތެމިގެން މިދާ ކަރުނައިގަވެސް
ގެނބިގެން ފެނޭތޯ ހޯދަމޭ
ބެހިގެން ތި ލޯބީގާ އޮޔާ
ދެވުނަސް ތިނޫން އުފަލެއް ނެތޭ
ފެނިގެން ކުރާ އަސަރުން މިތާ
މެރެނީ ދެލޯ ރޮއެރޮއެ ހިތޭ