© ދިވެހި ލިރިކްސް
އެންމެ މަގުބޫލު
1
ފިލާނެތޯ ލޯތަކުން މިފޫދޭ
2
ދޮން ކަނބުލޮ ނިދާލާށޭ
3
އިތުރު ރަސޫލާ
4
ނަބީ އަމީނޭ
5
ކުރަންވީ ހަނދާނާއި ޒިކުރާތަކޭ މީ
އެންމެ ފަހުގެ
1
ރީތީގެ ރާނީ އުޖާލާ
2
ކުރަންވީއޭ ދުޢާ
3
އޭނަބިއްޔާއޭ ސޮލާތާ
4
ޤައުމަށްޓަކާ ދީނަށްޓަކާ
5
އުދަރެސް
މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.
އަހަރެންގެ ރީތި ހުދުހާ
ރާގު: -
ޅެން: ޅެންވެރިޔާ ނޭނގޭ
ފަތިހަށް ގޮވާހަދާނޭ
އަހަރެންގެ ރީތި ހުދުހާ
ފިޔަގަނޑު ޖަހާ ދަމާކަރު
ގޮވައޭ އެ ކައްކަކާއްކޯ
އަސްތާ އޮޅޭ ނިކަންދެން
އުޅެލާގޮތުން މިގޭގާ
ރޭގަނޑު ނިދާފަ އިންދާ
ފެނުމުން ތޮޅެން ދެވޭނޭ
ހާލަށް ގޮވާހެދީމާ
އެނގިގެން ހިނގާފަ އާދޭ
ކާންދޭ ވަގުތު ބަލާފާ
ކުސް ކުސް ޖަހަން ފަށާނޭ
އަހަރެންގެ މަންމަ ފެނުމުން
ފަހަތުން ނިކަން ހިނގާނޭ
އަހަރެން އެއާ ތޮޅޭއިރު
ކައިރިން ދުރަށް ނުދާނޭ
ފިޔަދިގުވިޔަސް މިހާލެއް
ގެއަކުން ދުރަށް ނުދާނޭ
ފިޔަގަނޑު އެކީ ދަމާލާ
ގޭގައި އުދުހި އުޅޭނޭ