ﷲ ގެ މަތިވެރި ނިޢުމަތް

الله ގެ މަތިވެރި ނިޢުމަތް ޢަދަދު ނުވާނޭ
ކޮށްލާށެ ޝުކުރު އަޅުތަކުންނަށް ވާޖިބުވާނޭ

ފެނުމާއި އިވުން ބަސްމޮށުމާ ބުއްދި
ގުނިދާނެ އެވެސްމީ އުފެދުން ރޭވި އެތުރިވާ
ފުނިޖެހި ހޮވިދާނޭ މަތިވެރި ރަޙްމަތް އެކުވާ
ގިނަގުނަވި އެތައް ނިޢުމަތަކުން ޚާއްޞަވެދާނޭ

ކަނޑުތަކުގެ ދިރުން އެކިއެކި ވައްތަރުގެ މަހާމެހި
އިރުއޮއްސި ފެނުން ފޯދިވެލާ ގަސްމި ގަހާ ގެހި
ދަނޑުތައް ތާޒާ ގެނުވި ދިރުވި މިބިން ފެހި
ފަނޑުކޮށް ނުލެވޭ ނިޢުމަތަކަށް ފާހަގަވާނޭ

ދުނިޔޭގެ ޙަޔާތަށް ބޭނުން ހުރިހާ ބޭނުން
އުނިވުން ނެތި ފުދިދާނެ ގޮތުން ރޭއްވެވި ރޭއްވުން
މުނިފޫނި ފިލާނޭގޮތުގައި ވާނެޔެ މޭރުން
ފެނިދާނެ ވަށައިގެން ބެލުމުން ކަށަވަރުވާނޭ

ކުރުމުންނެ ޝުކުރު ނިޢުމަތްތައް އިތުރުވެދާނޭ
ބަރަކާތުގެ ރޯއްޖާ ރިޒުޤު ތަނަވަސް ވާނޭ
އުރެދުން ކަމުގައި ޝުކުރުނުކުރުމީ ބެލިދާނޭ
ހުރިހާ ގޮތަކުން ދަތި އުނދަގޫ ކުރިމަތިވާނޭ

އޯގާވެރި ދީލަތިވި އިލާހުގެ ރަޙްމަތް
ހޯދާބަޔަކަށް ޙާޞިލްވެދާނެ ނިޢުމަތް މީ
ރޯއްޖާއި މެދަށް އަބަދު އޮހޭ ޝުކުރުކުރުން މީ
ތޯ ތޯ ނުވެވޭނޭ ކަމެކޭ ލާޒިމުވާނޭ

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.

info@dhivehilyrics.com

އިން

އެކު