އަސްތާ ތިޔަ މޫނޭ ހުވަފެނުން ދުށީ ރޭގާ
ހެވިފަ އިނީތީ ގާތުގާ ނިކަން ލޯބިން
ފެނުނޭ އޮމާން އަތުން ފިރުމާތި މޫނުގާ
ތެދުވަން ކިޔާ ވަރުން ހޭލާ ހޯދިން
ކައިރީގަ ހުރެދާނޭ ހީވެ ބެލީމޭ
ހޯދާ ހެދީމޭ މާ ދަންވަރު ހޭލާ
ހުވަފެން ސީދާ ވެއްޖެ އަދު ގައިމޭ
ތިޔަ މޫނޭ ރޭ ނިދި ފިލުވާލީ
ހިތުގާވާ އުފަލޭތީ ބުނެލަން ހެއްޔޭ؟
އިތުބާރާ އެކުގާ ހިތް ވަގުތުން ދެންހޭ؟
ވާލޯބި އެނގުނީމާ ދެރަކޮށްލަންހޭ
ހީފާ މަލާމާތުން ބަސްބުނެ އިއްވީ
ނަފުރަތު ވީހޭ ނިކަމެތި ކޮށްފާ
އެކަމަކު ގައިމޭ އަޖުމަ ބަލާނަން
ނުކުރާނަން ހިތުގާވާ އެދުމެއް ބާކީ
ނުގަބޫލަސް ބުނެލަންހޭ އުއްމީދޭ ތިއީ