މެރޭ ލޯ ދެކޭ ހޫނާ ވޭނީ ހަނދާނާ
އެދޭ ލޯބި ޖާނާ ދަނީއޭ ފުރާނާ
ވެޔަތުވީ އެ މާޒީ ދީފާ އަރާމާ
ބަދަލުވީތި ޔާރާ ދަނީއޭ ފުރާނާ
މެރޭ ލޯ ދެކޭ ..........
އުފާކުރުވި މަންޒަރު ނުދާނޭ ހިތީމޭ
އުފާކުރުވި މަންޒަރު ނުދާނޭ ހިތީމޭ
ލިބޭތީ އުފާ ހީލަހީލާ ހުރީމޭ
ތެދޭ ބޭވަފާވީމާ އޮޅުނީ ޒަމާނާ
އެދޭ ލޯބި ޖާނާ ދަނީއޭ ފުރާނާ
މެރޭ ލޯ ދެކޭ ..........
ދެލޯ ނޭދި އެދުނީމޭ ލޯބިން ފުރީމޭ
ދެލޯ ނޭދި އެދުނީމޭ ލޯބިން ފުރީމޭ
ނުވާނޭ ތަފާތެއް ޔަޤީންކޮށް ހުރީމޭ
އަވާ މެންދުރޭ ދެއްކީ ބަހާނާ ޔަޤީނާ
އެދޭ ލޯބި ޔާރާ ދަނީއޭ ފުރާނާ
މެރޭ ލޯ ދެކޭ ހޫނާ ވޭނީ ހަނދާނާ
އެދޭ ލޯބި ޖާނާ ދަނީއޭ ފުރާނާ
މެރޭ ލޯ ދެކޭ ..........