ބަދުނާމުވެ ލޯތްބާ ވަފާ ބޭޒާރު މަވެއްޖޭ
ދީވާނަވޭ އަދުވީމިތާ ހަނދުމައިގަ ނިމެންހޭ
މޫސުމުގަ އައިސްއުޅޭ ކޮކާ އެނބުރިގޮސް އޮބާ
އެގޮތަށް ޙަޔާތުގާވެފާ ވީރާނާ ކުރީމާ
ދީވާނަވޭ އަދުވީމިތާ...
އަނިޔާ ހިތިވޭނޭ ދިނީ ބަދަލުގާ ވަފާ
އަނދިރީގާ ރޭދުވާ މިހެން ބޭކާރު ކުރީމާ
ދީވާނަވޭ އަދުވީމިތާ...
ބަރުބާދުވި ދަތުރޭ މިއީ ގެއްލި އޮޔާދާ
ކަރުނައިގެ ކަނޑެއްގާ ގެނބެން މަޖުބޫރު ކުރީމާ
ދީވާނަވޭ އަދުވީމިތާ....