© ދިވެހި ލިރިކްސް
އެންމެ މަގުބޫލު
1
ފިލާނެތޯ ލޯތަކުން މިފޫދޭ
2
ދޮން ކަނބުލޮ ނިދާލާށޭ
3
އިތުރު ރަސޫލާ
4
ނަބީ އަމީނޭ
5
ޙަސްބީ ރައްބީ ޖައްލަﷲ - حَسْبِیْ رَبِّی جَلَّ اللّٰہ
އެންމެ ފަހުގެ
1
ރީތީގެ ރާނީ އުޖާލާ
2
ކުރަންވީއޭ ދުޢާ
3
އޭނަބިއްޔާއޭ ސޮލާތާ
4
ޤައުމަށްޓަކާ ދީނަށްޓަކާ
5
އުދަރެސް
މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.
ބިކަ ޙާލު
ރާގު: އަމިއްލަ
ޅެން: ޅެންވެރިޔާ ނޭނގޭ
އިންސާނެކެ މީ ދުނިޔޭގާ
ބިކަ ހާލުގަ ޖެހިފާވާ
ހިޔްދަތި ކަމުގާ ވޭނާ ކެކުޅުން
އުފުލަން ޖެހިފާވާ
ފެނިފާ އެދުވަހު ހީވިޔެ
ތީ ހަމަ މި ހިތުގެ ވެރިޔާ އޭ
ހެއްލި މި ހިޔް ދެވި ހީކުރެވިއްޖޭ
ހިތް ހޭޔޮ މިތުރާ އޭ
ހިންގެނީ ހަމަ ކިރިޔާ
މި ހިތަށް ލިބި އަނިޔާ
ލޯބި ވެވުން މީ ކުށަކަށް ވާނަމަ
ކުށުގެ ށަޒާ އޭ މީ
ޖެހިފާ މިވަނީ ގިސްލާ ރޯށޭ
އެކަނިވެ އަނދިރީގާ
ރަހުމާ ހަމްދަރުދީގެ އަގެއް ނެތި
އެއަކަމުގެ އަނިޔާގާ
ހާލު ބަލާލާ ފަރުދެއް ނެތް އަދު
ހަލަބޮލި ދުނިޔޭގާ
ނިކަމެތި ނަފްސެއް ފަތަމުން މިދަނީ
އޮހޮރުނު ކަރުނައިގާ
ގައިދުވެފާ ވީ ސިހުރެއްގާ ޖެހި
ކެހިވެރި ހިޔަނީގާ
މި ހިތަށް ލިބި ގަދަ ވޭން
ވަކިވާ ހިންދު ދުނިޔެއިން
ބައިވެރިވެސް ހަމަ ނުވުމޭ އެދެނީ
އަޅުގެ ޖަނާޒައިގާ
އިންސާނެކެ މީ ދުނިޔޭގާ
ބިކަ ހާލުގަ ޖެހިފާވާ
ހިޔްދަތި ކަމުގާ ވޭނާ ކެކުޅުން
އުފުލަން ޖެހިފާވާ