© ދިވެހި ލިރިކްސް
އެންމެ މަގުބޫލު
1
ދޮން ކަނބުލޮ ނިދާލާށޭ
2
އިތުރު ރަސޫލާ
3
ނަބީ އަމީނޭ
4
ފިލާނެތޯ ލޯތަކުން މިފޫދޭ
5
އިސްނެންގެވި މާތްވީ ސާހިބުން
އެންމެ ފަހުގެ
1
ރީތީގެ ރާނީ އުޖާލާ
2
ކުރަންވީއޭ ދުޢާ
3
އޭނަބިއްޔާއޭ ސޮލާތާ
4
ޤައުމަށްޓަކާ ދީނަށްޓަކާ
5
އުދަރެސް
މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.
ބިންމަތީގާ
ރާގު: -
ޅެން: ޅެންވެރިޔާ ނޭނގޭ
ބިންމަތީގާ ދިރިހުރީމޭ ދެން ތިލޯތްބައްޓަކާ
ކިހިނެތް މަ ދިރިއުޅޭނީ ކަލާޔާ ވަކިން ދެން
ކޮންމެ ތަނަކުން ކޮންމެ ހިނދަކުން އާވަނީ ތިޔަ ހަނދާން
ކިހިނެތް މަ ދިރިއުޅޭނީ ކަލާޔާ ވަކިން ދެން
(ކާކަށްހޭ އިއްވާނީ ހިތުގާވާ ޝަކުވާ *2)
ބިންމަތީގާ ދިރިހުރީމޭ ދެން ތިލޯތްބައްޓަކާ
ކިހިނެތް މަ ދިރިއުޅޭނީ ކަލާޔާ ވަކިން ދެން
ކޮންމެ ތަނަކުން ކޮންމެ ހިނދަކުން އާވަނީ ތިޔަ ހަނދާން
ކިހިނެތް މަ ދިރިއުޅޭނީ ކަލާޔާ ވަކިން ދެން
ދިރިހުންނަން ބޭނުމޭ ތިޔަ އޯގާތެރިކަމާ
ގެނބެމުންދާ މީހަކަށް ނޭވާލުން ވާފަދައިން
ތިހަނދާނާ ތިޔަ އަސަރު ނުފިލާނޭ މިހިތަކުން
ވެރިވެއްޖޭ އަނދިރިކަން ރޮއްވާފާ ހިތް ނުދޭ
ބިންމަތީގާ ދިރިހުރީމޭ ދެން ތިލޯތްބައްޓަކާ
ކިހިނެތް މަ ދިރިއުޅޭނީ ކަލާޔާ ވަކިން ދެން
ބޭނުންވީ ތަސްވީރޭތީ އާނ އެކުގާ އުޅުމަށް ލޯބިން
ހުވަފެންތައް ދެކިފާވީ އެކީ
ކިހިނެތް މިހިތަށް ކެތްވާނީ ހުވަފެންތައް ކުދި ކުދި ވީމާ
އުފަލެއް ދުނިޔޭގާ ދެން ނެތީ
މިއުދާސްތައް އަޑު އަހަން ތިޔަ ލޯތްބެއް ދެންނެތޭ
އެއުފާތައް ދެން އަލުން އަނބުރާ އައުމެއް ނެތޭ
ތިހަނދާނާ ތިޔަ އަސަރު ނުފިލާނޭ މިހިތަކުން
ވެރިވެއްޖޭ އަނދިރިކަން ދޫކޮށްފާ ދެން ނުދޭ
ބިންމަތީގާ ދިރިހުރީމޭ ދެން ތިލޯތްބައްޓަކާ
ކިހިނެތް މަ ދިރިއުޅޭނީ ކަލާޔާ ވަކިން ދެން
ކާކަށްހޭ އިއްވައިދޭނީ ޝަކުވާތައް ހިތުގާ ގިނަވާ
ރޯލާނީ ކޮނޑުގާ ބޯއަޅާ
ހަމަގައިމޭ ދެން ނާންނާނޭ ފިރުމައިދިން ރޭތައް ލޯބިން
ފޯވެދަނީ ކަރުނައިންނޭ ދެލޯ
ތިޔަ ޖިސްމާ ތިޔަ ނަމާ ތިޔަ ލޮލުގާވާ ނަޒަރު
އެއުފާދިން ވަގުތުތައް ފަހަތަށް ގޮސް ގެއްލުނީ
ތިހަނދާނާ ތިޔަ އަސަރު ނުފިލާނޭ މިހިތަކުން
ވެރިވެއްޖޭ އަނދިރިކަން ދިރިއުޅުމޭ ގެއްލުނީ
ފުން ހިތާމާއިން ހިތް ރޮވިއްޖޭ އަދު ކަލާ ބިވުމުން
ކިހިނެތް މަ ދިރިއުޅޭނީ ކަލާޔާ ވަކިން ދެން