ދަނީ ދަނީ މެރިގެން ލޯ

ރާގު: ކަބީ ކަބީ މެރެ ދިލްމޭ

ދަނީ ދަނީ މެރިގެން ލޯ ޚިޔާލު އާވީމާ
އެ ރީތި އުނގުގާ ނިދާލާ ހަނދާ މި އާވީމާ
މި ހިތުގެ މަލިކާ ލިބޭތޯ އުމުރު މި ބީވެ ދަނީ
ޝަޒާ ނުދޭށޭ ހިތާއޭ އެހީވެދޭށެ ކަލާ

ދަނީ ދަނީ މެރިގެން ލޯ ޚިޔާލު އާވީމާ
ރުހޭ ހިތުންހޭ ނިވާވީ މަގޭ ހިޔާ ދަށުގާ
ފުރާނަ ދޭށޭ ހުރީ ރާހަތާ އެކީ ލޯބިން
ރޮވޭނެ ވޭތުވިމާޒީ އެކީ ބަދަލު ވީމާ

ދަނީ ދަނީ މެރިގެން ލޯ ޚިޔާލު އާވީމާ
ތި ރީތި ނާޒުކު މަލަކާ ހުރީމެ ހީލާތޯ
މި ރީތި ރޭތަކޭ ވޭންލިބި ވަނީ ލިބޭ ހޫނުން
ދުށުން އެދޭތީ ނުފޮރުވާށޭ ނަޒަރު ހީލީމާ

ދަނީ ދަނީ މެރިގެން ލޯ ޚިޔާލު އާވީމާ
ހަނދާނުގާ ހުރެވޭހޭ މި އުމުރު ގެއްލޭތީ
ވެދާނެ ލޯބި ޒަޚަމް ފާޅުގާ ބަދަލް ވީމާ
އެނގޭހެ ލޯބިވެވީ ބޭވަފާ ރަހުމް ވީމާ

ދަނީ ދަނީ މެރިގެން ލޯ ޚިޔާލު އާވީމާ
ދަނީ ދަނީ މެރިގެން ލޯ ޚިޔާލު އާވީމާ

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.

info@dhivehilyrics.com

އިން

އެކު