ދީފާ ހިތާމޭ އާދޭސް ކުރީމޭ
ދެންވެސް ނުދާށޭ ލޯބިވާ
ބޭނުން ނުވީމާ ގޮސްލާރޮވޭތީ
ދުވަހޭ މިއީ ބަދުނާމުވާ
ލޯބީގެ ނަމުގާ ދަންނަވަން
މިކުރާއަސަރު ދިރުވާނުހޭ
ރޮއެފާ މިބުނަނީ ދެންތިހެން
ނުހަދާ މިތުރު ރުހިފާނުހޭ
ދެއްވާ ޖަވާބެއް ސަބަބެއް އަޅާއަށް
އަންގާނުހޭ ނުގަބޫލުވާ
ލޯބިން ފުރާކަށް ދެންތަނެއް
ހިތުގާ ނުވޭ އަންގައިދެމޭ
އޯގާވެދޭށޭ ހިތްޕުޅުން
މިތުރަށްޓަކައި ޤުރުބާންވަމޭ
މިތުރާގެ ގޭގައި ދެރަ ނޯކަރޭމީ
އެހެނަސް ހެވޭ އޭ ލޯބިވާ
ދީފާ ހިތާމޭ އާދޭސް ކުރީމޭ
ދެންވެސް ނުދާށޭ ލޯބިވާ
ބޭނުން ނުވީމާ ގޮސްލާރޮވޭތީ
ދުވަހޭ މިއީ ބަދުނާމުވާ
ދީފާ ހިތާމޭ އާދޭސް ކުރީމޭ
ދެންވެސް ނުދާށޭ ލޯބިވާ