ދޮން ކަމަނަ ލޯބި ދެންޏާ
ދެން ހެޔޮ ޝަރުތު ކުރަންޏާ
ފުން ކަނޑު ތަކަށް އެރެންވެސް
ދުވެފާނަމޭ ރުހެންޏާ
ރޭގާ އެދިން ބިލެތްއަރި
އޭގާ ނިކަން އަސަރުހުރި
މޭޒާޔަކަށް ވެވެންހުރި
މޭގާ ހަނދާން ފެވެންޏާ
ދޮން ކަމަނަ ލޯބި ދެންޏާ
ދެން ހެޔޮ ޝަރުތު ކުރަންޏާ
ފުން ކަނޑު ތަކަށް އެރެންވެސް
ދުވެފާނަމޭ ރުހެންޏާ
މިހިތަށް ނުވާ ގޮތެއް ނެތް
ރިހުމަށް ތަދަށް މިނެއް ނެތް
ސިހުމެއް ބުނަންހެ ހަމަ ނެތް
ދެހިތާ ދެހިތް ގުޅެންޏާ
ދޮން ކަމަނަ ލޯބި ދެންޏާ
ދެން ހެޔޮ ޝަރުތު ކުރަންޏާ
ފުން ކަނޑު ތަކަށް އެރެންވެސް
ދުވެފާނަމޭ ރުހެންޏާ