ދިވެހި ލިރިކްސް

© ދިވެހި ލިރިކްސް

ހ
ށ
ނ
ރ
ބ
ޅ
ކ
އ
ވ
މ
ފ
ދ
ތ
ލ
ގ
ޏ
ސ
ޑ
ޒ
ޓ
ޔ
ޕ
ޖ
ޗ
ޙ
ޚ
ޢ
ޣ
ޠ
ޘ
ޡ
ޤ
ޛ
ޞ
ޝ
ޟ
ޜ
ޥ

އެންމެ މަގުބޫލު

1

ފިލާނެތޯ ލޯތަކުން މިފޫދޭ

2

ދޮން ކަނބުލޮ ނިދާލާށޭ

3

ނަބީ އަމީނޭ

4

ޙަސްބީ ރައްބީ ޖައްލަﷲ - حَسْبِیْ رَبِّی جَلَّ اللّٰہ

5

އިތުރު ރަސޫލާ

އެންމެ ފަހުގެ

1

ރީތީގެ ރާނީ އުޖާލާ

2

ކުރަންވީއޭ ދުޢާ

3

އޭނަބިއްޔާއޭ ސޮލާތާ

4

ޤައުމަށްޓަކާ ދީނަށްޓަކާ

5

އުދަރެސް

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.

އެކު

އިން

info@dhivehilyrics.com

ދުނިޔޭގެ މީއޭ ޤާނޫނަކީ

ރާގު: -

ޅެން: ޅެންވެރިޔާ ނޭނގޭ

ދުނިޔޭގެ މީއޭ ޤާނޫނަކީ
ބަދަލެއް ނުވާނޭ އިންސާފަކީ
ލޯބީގަ އުފަލާ އޭގާ ވި ކުލުނާ
އިންސާނަކަށް މިލްކުވެވިފާ ކޮބާހޭ
ލޯބީގަ ވޭނާ އޭގާވި ހޫނާ
އިހުސާސް ކުރަންނުޖެހޭ ހިތަކީ ކޮބާހޭ
ދުނިޔޭގަ އުފަލެއްލިބުން
ވާނީ ހިތާމައިން ހިތް ރޮއްވާ ފަހުންނޭ

ހަނދުވަރުގެ އަލިކެނޑިފަ ކަޅުފޮއެ ވެދާހެން
އަލި ރީތި ޖައްވާ ފަޒާ ބަނަ ވެދާހެން
އިރުއޮއްސި ގޮސް އެނބުރި ނާރާނެ ގައިމޭ
ދުވަހެއް މިދުނިޔޭން މާޒީނުވާނޭ
މާތައް ފަރިވެ މޯޅިވޭ
ވައިމަޑުވެ ވައިބާރުވާހެން
ވަކިވެވި ނުދާން ބުނެ ކުރާ
ވަޢުދާ ހުވާތައް ފަނާވާނެޔޭ
ދުނިޔޭގެ މީއޭ......

އުފަލުން މަތީ ފިރުކިދާ ކުދި ވިލާތައް
އުދަރެސް ވަށާބެދިފަ ވިއްސާރަ ވާހެން
ފިންޏާއެކީ އައި މޫސުން ބަހާރުގެ
ނިމިގޮސް ޚަރީފުގެ މޫސުން ފެށޭހެން
ފަރުބަދަތަކާ ހިލަތަކާ
ވެއްޔަށް ބަދަލުވާ ފަދައިން
އިޝްޤީ މިލޯބިން ގުޅޭ
ދެހިތެއްގެ ފެށުމާ ނިމުން ގެނުވައޭ
ދުނިޔޭގެ މީއޭ.....