އެދެމޭ ކަލާޔާ ގާތުގާ ވުމަށް

ރާގު: އަމިއްލަ

އެދެމޭ ކަލާޔާ ގާތުގާ ވުމަށް
ފެންނާތީ ޔާރާގެ މޫނު
ތެދެކޭ ތިއީއޭ ހުވަފެނުގެ ރާނީ
ފެނުނީ އެ ޖާދޫވި މޫނު

ފަރި ހިނގުމެއްގާ މިތުރާ ދާއިރު
ފަރި މިތުރާ އުފަލުން ދާއިރު
މަރިޔާދު ހިނގުން ހިތްކަތިލާވަރު
ހައިރާންވޭ

ބެލިގޮތަކުން އެޅުނީ ހިތުކޫރު
އަލި މުނޭ ސިފަވާހޫރު
ބަލިކޮށްލީ ހިތްގަދަ މަހިނޫރު
ހައިރާންވޭ

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.

info@dhivehilyrics.com

އިން

އެކު