އެހާ ރީއްޗޭ ކަލާ ބުނަމޭ
މިސާލެއް ދެން ނުވެސް ވާނޭ
އުޑުން ތަރިތައް ވިދާ ބަބުޅާ
ކަލާ ފެނިފާ ނިވާވާނޭ
މަޑުން ފިރުކޭ ވިލާތައްވެސް
ތި އިސްތަށިގަނޑުގަ ބޮސްދޭނޭ
ކަނޑުން އެހިނގާ އޮޔާ ރާޅާ
ކަލާގެ އަޑަށް ހިމޭން ވާނޭ
ފޮޅޭ ހުރިހާ މަލެއް އެގޮތަށް
ކަލާ ފެނުމުން ލަދުން ވާނޭ
އޮޅޭނޭ ޝާއިރުންނަށްވެސް
ހަނދޭ ހީކޮށް ބަލާލާނޭ
މޮޅޭ އެބުނާ މުސައްވިރަކަށް
ކަލާ ކުރަހަން ނުކުޅެދޭނޭ